ޑީއެންއޭ

"މިއީ ދެވުނު އެއްބާރުލުމެއް ސަރުކާރަށް ދޭންވީ ވަގުތު"

ކުރީގެ ހޯމް މިނިސްޓަރު އަދި ޑީއެންއޭގެ ބާނީ އުމަރު ނަސީރު: މިއީ ސަރުކާރަށް އެއްބާރުލުންދޭންވީ ވަގުތު ކަމަށް ވިދާޅުވި -- އަވަސް ފޮޓޯ
66.7%
0%
33.3%

މި ވަގުތަކީ ދެވުނު އެއްބާރުލުމެއް ސަރުކާރަށް ދޭންވީ ވަގުތު ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންއޭ) ގެ ބާނީ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު މިހެން ވިދާޅުވީ ޑީއެންއޭ އިން މިރޭ އާންމުކުރި މެސެޖެއްގައެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފައެވެ. 16 ގަޑިއިރުގެ ކާފިއުއާ ހިންގާއިރު އަނެއް 8 ގަޑިއިރުވެސް ބޭރުގައި އުޅެވެނީ ހާއްސަ ހުއްދައެއް ހޯދައިގެންނެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަލަށް އެޅި ފިޔަވަޅުތަކަށް މަރުހަބާ ކިޔަމުން އުމަރު ވިދާޅުވީ ކޮވިޑްގެ ހާލަތު ގޯސްވީ ކޮންމެ ބައެއްގެ އިހުމާލުން ނަމަވެސް މިއީ އެ ތަހުގީގުކޮށް ފާޑުކިޔަންވީ ވަގުުތު ނޫން ކަމަށެވެ. މި ވަގުތަކީ ހުރިހާ އެންމެންގެ އެހީތެރިކަމާއި އެއްބާރުލުން ސަރުކާރަށް ދޭންވީ ވަގުތު ކަަމަށްވެސް ވިދާޅުވިއެވެ.

"މިވަގުުތު މުހިންމީ މިކަން ކުރިމަތިވީ ކާކުގެ އިހުމާލުންތޯ ބަލާ އެކަކު އަނެކަކަށް ފާޑުކިޔުމެއް ނޫން. މިވަގުތު މުހިންމީ މި ހާލަތުން ރާއްޖެއަށް އަރައިގަނެވޭނެ އެންމެ ކުރު މަގަކީ ކޮބައިތޯ ބަލާ އެ މަގަކުން ނުކުމެވޭތޯ މަސައްކަތް ކުރުން. މިއީ ސަރުކާރަށް ދެވުނު އެއްބާރުލުމެއް އަޅުގަނޑުމެން އެންމެން ދޭންވީ ވަގުތު،" އުމަރު ވިދާޅުވިއެވެ.

އުމަރު ވަނީ އެޗްޕީއޭގެ ގައިޑްލައިނަށް އަމަލު ކުރުމަށާއި މުއައްސަސާތަކުގެ އިރުޝާދުތަކަށް ބޯލެނބުމަށްވެސް އިލްތިމާސް ކުރައްވާފައެވެ.

"މިއީ ސަރުކާރުންވެސް އެ ބޭފުޅުންގެ ލީޑާޝިޕާ ހިންގުންތެރިކަން ދައްކަވަންވީ ވަގުުތު. ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސީދާ ވެރިން ކުރިމަތިލައްވާ ރައްޔިތުންނަށް އެކިއެކި މެސެޖްތައް ދެއްވަންވީ ވަގުތު. ސިއްހީ ދާއިރާގެ ހީވާގި ބޭފުޅުންނަށް ހިތްވަރު ދެއްވަންވީ ވަގުތު،"

އުމަރު ވިދާޅުވީ ފިޔަވަޅުތަކާއެކު ރައްޔިތުންގެ ދިިރިއުޅުމަށް ލިބޭ ގެއްލުންތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. އެ ގޮތުން ލުއި ލޯނު ދޫކުުރުމާއި އިންކަމް ސަޕޯޓް ފޯރުކޮށްދިނުން ވަރަށް މުހިންމު ކަމަށް ވިދާޅުވިއެވެ.

އަދި ދަތި ހާލަތުގައި އުޅޭ ދިވެހިންނާއި ބިދޭސީންނަށްވެސް އެހީ ފޯރުކޮށްދެވޭނެ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"މިކަހަލަ ދަތި ދުވަސްތަކާ ދިމާކޮށް ބޭރުގެ އެއްވެސް ފަރާތަކުން ނާޖައިޒު ފައިދާއެއް ނެގިޔަ ނުދިނުމަށް ސަރުކާރަށް ގޮވާލަން،" އުމަރު ވިދާޅުވިއެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޙަސަންބޭ

ސިޔާސީ ފިކުރަކީ ތަފާތުއެއްޗެއް! ޤައުމީ އެއްބައިވަންތަކަމަކީ ވަކިނުވާނެހެން ގުޅިލާމެހިފައިވާ އެއްޗަކަށް ހެދިދާނެ! ސުވާލުކޮށްލަންވީ މިވަގުތު ޤައުމުއެދެނީ ޤައުމުގެ ދަރީންގެ ކިބައިން ކޮންކަމެއްތޯ؟ ހިތްވަރާއެކު ގޭގައި މަޑުކޮށްލަން. ޢާއިލީ ދުޅަހެޔޮކަމާއި ޢާފިޔަތަަށްޓަކައި. އަމިއްލަފުޅު ޢައިލާއިން އެކަހެރިވެ ތިއްބަަވައިގެން ވަރުބަލިކަމެއް ނެތި ބުރަމަސައްކަތްކުރައްވަން ސީއްޙީދާއިރާގައި ތިއްބެވި ބޭކަލުންނާއި ކަނބަލުންނަށްޓަކައި. ސިޔާސީފިކުރާއި ސިޔާސީ ހަމަނުޖެހުންތަކާއި އެކަހެރިވެ އެއްބައިވަންތަކަން އިސްކުރުމަކީ ފަރުދީ ޒިއްމާއެއްކަމަށް ދެކި ގޭގައި މަޑުކޮށްލުމަކީ ޤައުއެދި ގޮވާގޮވުން. އިޖާބަދެމާ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345