ލައިފްސްޓައިލް

ފްރެންޑްސް ރީޔުނިއަނާއެކު ފޭނުން އުފަލުން!

ފްރެންޑްސް ރީޔުނިއަން ބަލަފައިންތަ؟ ފްރެންޑްސްގެ ޔޫނިއަން އެޕިސޯޑާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ތިބި ފޭނުން މިހާރު ތިބީ އުފަލުން ފޮޅިފަ އެވެ. ބުދަ ދުވަހު އެއާ ކުރި، ފްރެންޑްސްގެ މި ރީޔުނިއަން އަކީ ވަރަށް ގިނަ ފޭނުން އިންތިޒާރު ކުރަމުން އައި ޝޯއެކެވެ. ޖުމްލަ 236 އެޕިސޯޑް ހިމެނޭ ޓީވީ ޝޯގެ ފިނާލޭ 56 މިލިއަން މީހުން ބަލާފައިވާއިރު ހުރިހާ ޕްލެޓްފޯމަކުން 100 ބިލިއަން މީހުން ބަލާފައި ވެއެވެ.

މި ސިލްސިލާގައި 1994-2004 ހަމައަށް 10 ސީޒަން ގެނެސްދިނެވެ. އެއީ ނިއުޔޯކުގައި ދިރިއުޅޭ އެކި މިޒާޖުޖެ ހަ ރަހުމަތްތެރިންގެ ދިރިއުޅުމުގައި ހިނގާ ކަންކަމެވެ. އެހެން ސިލްސިލާގައި ވަކި ތަރިޔަކު ލީޑް ރޯލުން ފެންނަ އިރު މި ޝޯގައި ފެންނަނީ ކާސްޓް ޖެނިފާ އެނިސްޓަން އާއި ކޯޓްނީ ކޮކްސް، ލީސާ ކުޑްރޯ، މެތިއު ޕެރީ އާއި. ޑޭވިޑް ޝުވިމާ އަދި މެޓް ލީ ބްލާންކްގެ ފުރިހަމަ އެކްޓިންގް އިން ޝޯ އެތަށް ބައެއްގެ ފެވަރިޓް ކޮމެޑީ އަދި "ފީލްގުޑްޝޯ" އަށެވެ.

އެއް ގަޑި އިރާއި 39 މިނެޓުގެ ފްރެންޑްސް ރީޔުނިއަންގައި ދައްކަނީ މި ހަތަރިން އަލުން ސެޓަށް ޒިޔާރާތްކޮށް އެކަކު އަނެކަކާއި ބައްދަލުވާ ހިސާބުންނެވެ. ރީޔޫނިއަންގައި ތިބެނީ ކެރެކްޓަރގައި ނޫން ކަމުގައި ވިޔަސް ޝޯގެ ބައެއް ބްލޫޕާސް، މަންޒަރުތައް އަދި ޕްރޮޑިއުސަރުންގެ އިންޓަވިއު އާއި އައިކޮނިކް ވިޒިޓިން އެކްޓަރުން ޒިޔާރަތް ކުރެ އެވެ.

ރީޔުނިއަން ޝޯއަށް މަޝްހޫރު ސެލެބްރިޓީން ޒިޔާރަތް ކުރެއެވެ. މިގޮތުން ޑޭވިޑް ބެކަމް އޭނާގެ ފްރެެންޑްސް ތަޖުރިބާ ހިއްސާ ކުރާއިރު މަލާލާ ޔޫސުފާޒީ އާއި އޭނާގެ ބެސްޓް ފްރެންޑް ވެސް ފްރެންޑްސް ބެލުމަށް އޮތް ލޯބި ހާމަ ކުރެއެވެ.

މީގެ އިތުރުން ޝޯގެ ކެރެކްޓާ ފީބީ ބުފޭ "ސްމެލީ ކެޓް" ތަރި ލިސާ ކުޑްރޯ އާއެކު ހުށަހަޅާ ދިނުމަށް މަޝްހޫރު ލަވަކިޔުންތެރިޔާ ލޭޑީ ގާގާ އޭނާ އާއެކު ބައިވެރިވާ މަންޒަރު ރީޔުނިއަން އިން ދައްކަ އެވެ. އިތުރަށް މަޝްހޫރު މޮޑެލް ސިންޑީ ކްރޮފޯޑް އާއި ޖަސްޓިން ބީބާ ފަދަ އިތުރު ތަރިން ފެނިގެން ދެއެވެ.

ފްރެންޑްސްގް ރީޔުނިއަން ފަހު ދެން އޮތް ސުވާލަކީ ފްރެންޑްސް ފިލްމެެއް ފެނިދާނެތޯ ކުރާ ސުވާލެވެ. މި ސުވާލަށް ރީޔުނިއަންގައި އެކްޓްރެސް ލިސާ ކުޑްރޯ ޖަވާބު ދެމުން ބުނީ ޕްރޮޑިއުސަރުން ކޮންމެ ކެރެކްޓާއެއްގެ ވާހަކަ ވެސް ނިންމާ ލާފައި ވަނީ ވަރަށް ފުރިހަމަ ކޮށެވެ. އަދި އުފާވެރިކޮށް ނިންމާފައިވާ އިރު އާ ވާހަކަ ހޯދުމަށް އަލުން އެ ކެރެކްޓާ ތަކުގެ ދިރުއުޅުން އެފުށް މި ފުށަށް ޖަހަން ބޭނުމެއް ނޫނެވެ. އަދި މިއީ ފީބީގެ ކެރެކްޓާ ގޮތަށް އޮޅުންބޮޅުމެއްގައި އުޅޭ އުމުރެއް ވެސް ނޫނެވެ.

ރާއްޖޭގައި 90 އިގެ އަހަރުތަކުގެ ތެރޭގައި ޓީވީއެމުން މި ޝޯ އެއާ ކުރިއިރު މިއީ ދިވެހި ޒުވާނުންގެ މެދުގައި އޭރު ވެސް އަދި މިހާރު ވެސް މަގުބޫލު ޝޯއެކެވެ. ދިވެހި ސޯޝަލް މީޑިއާގައި ވެސް އޮތީ އިއްޔެ އާއި މިއަދު ފްރެންޑްސްގެ ވާހަކައެކެވެ. އެއީ އެމީހުންގެ ހަޔާތުގެ ވަރަށް ބޮޑު ބަޔެކެވެ. އެއްބަޔަކަށް ރީޔުނިއަން ޝޯ ބަލާލަން ލިިބުމުން އޮތް އުފާވެރިކަމެވެ. އަނެއް ބަޔަކު ހަނދާން ކުރަނީ ފްރެންްޑްސް ބެލި އިރުގެ ހަނދާންތަކެވެ. ބައެއް ޒުވާނުން ބުނަނީ މިއީ އެމީހުން އެކަނި ކިޔަވަން ރާއްޖެއިން ބޭރުގައި އުޅުނު އިރު އެކަނިކަން ފިލުވާލަން އަބަދު އަޅުވާފައިވާ ޝޯކަމުގަ އެވެ. އަނެއް ބަޔަކު ބުނަނީ އިނގިރޭސި ބަހަށްވެސް ހޭނުނީ ފްރެންޑްސް ބަލާ ބަލާ ކަމުގައެވެ.