- މި އަހަރުގެ ޖުމްލަ ބަޖެޓު 24.3 ބިލިއަން ރުފިޔާ
- އަންނަ އަހަރަށް ލަފާކުރާ ބަޖެޓު 27.4 ބިލިއަން ރުފިޔާ
- މިދިޔަ އަހަރު ޕީއެސްއައިޕީ މަޝްރޫއުތަކަށް 6.3 ބިލިއަން ރުފިޔާ
މިއަދަކީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ރައްޔިތުންނަށް ތަފްސީލް ވާނެ ދުވަހެވެ. މަޖިލީހުގެ މަންދޫބުންނާއި ރައްޔިތުންގެ ނަޒަރު ހުއްޓިފައި އޮތީ އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ބިޔަ ބޮޑު ބަޖެޓަށެވެ. މި ހިނގާ އަހަރަށް 24.3 ބިލިއަން ރުފިޔާގެ ބަޖެޓެއް މިދިޔަ އަހަރު ހުށަހެޅި އެވެ. ސުވާލަކީ މި އަހަރުގެ ބަޖެޓުން މަގޭ ރަށަށް އޮތީ ކޮން ކަމެއްބާ އެވެ؟ މި ބަޖެޓުންވީ ކޮންކަމެއްބާ އެވެ؟
ތިރީގައި މި ހިމަނާލަނީ މި ހިނގާ އަހަރަށް ސަރުކާރުން މިދިޔަ ހުށަހެޅި ބަޖެޓުގެ ބައެއް އުސްއަލިތަކެވެ.
މި ހިނގާ އަހަރަށް މިދިޔަ އަހަރު ދައުލަތުން ހުށަހެޅު ބަޖެޓުގައި އެންމެ ބޮޑު ބައެއް ކަނޑައަޅާފައިވަނީ ސިއްހީ ދާއިރާއަށާއި ތައުލީމީ ދާއިރާ އަށެވެ.
މި ހިނގާ އަހަރަށް މިދިޔަ އަހަރު ދައުލަތުން ހުށަހެޅު ބަޖެޓުގައި އެންމެ ބޮޑު ބައެއް ކަނޑައަޅާފައިވަނީ ސިއްހީ ދާއިރާއަށާއި ތައުލީމީ ދާއިރާ އަށެވެ.
- ތައުލީމީ ދާއިރާ އަށް 2.9 ބިލިއަން ރުފިޔާ
މި ހަރަދުގެ އިތުރުން ކުރިން އުމުރުން ދުވަސްވީ މީހުންނަށް ދެމުން ގެންދިޔަ 2،000ރ. މިދިޔަ އަހަރުގެ ބަޖެޓު ހުށަހެޅިއިރު ސަރުކާރުންވަނީ 5،000ރ. އަށް އިތުރުކޮށްފަ އެވެ. އެހެންކަމުން އިޖުތިމާއީ ރައްކާތެރިކަމުގެ ބަޖެޓު އިތުރަށް ބޮޑުވެގެން ދިޔަ އެވެ. އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށް މިދިޔަ އަހަރު އެއް ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އަދި މުޅި ސޯޝަލް ޕްރޮޓެކްޝަނަށް ހަރަދުވާނެ ކަމަށް 3.2 ބިލިއަން ރުފިޔާ އަންދާޒާކޮށްފައިވެ އެވެ.
- ހުސްނުވާ އާސަންދަ: 750 މިލިއަން ރުފިޔާ
- ކަރަންޓު ސަބްސިޑީ: 518 މިލިއަން ރުފިޔާ
- ކާޑުގެ ސަބްސިޑީ: 186 މިލިއަން ރުފިޔާ
- ފެނުގެ ސަބްސިޑީ: 48 މިލިއަން ރުފިޔާ
- ހާއްސަ އެހީއަށް ބޭނުންވާ ފާރަތްތަކަށް ދެވޭ އެހީ: 129 މިލިއަން ރުފިޔާ
- އެކަނިވެރި މައިންނަށްދޭ އެހީ: 80 މިލިއަން ރުފިޔާ
ޕީއެސްއައިޕީ މަޝްރޫއުތަކަށް 6.3 ބިލިއަން ރުފިޔާ
ޕީއެސްއައިޕީ އަށް ހަ ބިލިއަން ރުފިޔާ މި ހިނގާ އަހަރު ހަރަދު ކުރުމަށް މިދިޔަ އަހަރު ހުށަހެޅި ބަޖެޓުގައި ހިމެނިއިރު މި ފައިސާ އިން ކުރެވުނީ ކޮން ކަމެއްބާ އެވެ؟
މި އަހަރު ސަރުކާރުން ކުރިއަށް ގެންދާ އަދި ނިމިފައިވާ ބައެއް މަޝްރޫއުތައް:
- 16 ބަނދަރެއްގެ މަސައްކަތް އެއްކޮށް ނިމި، 45 ބަނދަރުގެ މަސައްކަތް ކުރިއަށްދޭ
- 23 ބަނދަރުގެ މަރާމާތުގެ މަސައްކަތް ވަނީ ނިންމާފައި
- ބިން ބޮޑުކުރުމުގެ މަސައްކަތް ފަސް ރަށުގައި ނިމިފައި
- ނުވަ ރަށުގައި ބިން ބޮޑު ކުރުމުގެ މަސައްކަތް ކުރިއަށްދޭ
- މަގު ހެދުން: ތިން ރަށުގެ މަސައްކަތް ނިންމައި. ވިހި ރަށުގެ މަސައްކަތް ކުރިއަށްދޭ
- ލ. ލިންކް މަސައްކަތް ފެށިފައި
- ފެނުގެ މަޝްރޫއު ނުވަ ރަށުގައި ވަނީ ނިމިފައި
- ފަސް ރަށުގައި ފެނުގެ ނިޒާމު ގާއިމް ކުރުން ކުރިއަށް
- 15 ރަށުގެ ނަރުދަމާގެ މަސައްކަތް ވަނީ ނިމިފައި
- 10 ރަށުގައި ނަރުދަމާގެ މަސައްކަތް ދަނީ ކުރިއަށް
- ތައުލީމީ ދާއިރާގެ 48 އިމާރާތެއްގެ މަސައްކަތް ދަނީ ކުރަމުން