ވިޔަފާރި

ކުންފުނިތަކުން ދައްކާ ފައިދާ ދައްވާނެ ކަމަށް އަންދާޒާކޮށްފި

ސަރުކާރު ހިއްސާވާ ކުންފުނިތަކުން މި އަހަރު ސަރުކާރަށް ދައްކާ ޑިވިޑެންޑް ދައްވާނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާކޮށްފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ފޮނުވާފައިވާ ބަޓުގައިވާ ގޮތުން، ސަރުކާރުގެ ވިޔަފާރިއާ ބެހޭ ތަންތަނުން ފައިދާ އާއި އިންޓަރެސްޓުގެ ގޮތުގައި މި އަހަރު ލިބޭނެ ކަމަށް ކުރިން އަންދާޒާ ކުރި އަދަދަށްވުރެ، މި އަހަރު ލަފާކުރާ އާމްދަނީ 30 ޕަސެންޓް ދަށްވާނެ އެވެ.

މި ބަދަލު އައުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ބެލެވެނީ، ކުންފުނިތަކަށް ކެޕިޓަލް ބޮޑު ކުރަން ދެވުނު ފުރުސަތުގެ ސަބަބުންނާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް ޑިވިޑެންޑް ދެއްކުމަށް ދެވުނު އިސްތިސްނާނެ ސަބަބުން ކަމަށް ބުނެފައިވެ އެވެ.

"ނަމަވެސް، އާމްދަނީގެ ސިޔާސަތަށް ގެނައި ބަދަލާއެކު، 2016 ވަނަ އަހަރަށްވުރެ، މިބައިން ލިބިފައިވާ އާމްދަނީ 71.9 އިތުރު ވެފައިވާކަން ފާހަގަ ކުރެވެ އެވެ،" ބަޖެޓުގައިވެ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައްކާ ޑިވިޑެންޑް ދަށްވާނެ ކަމަށް އަންދާޒާކުރިއިރު، ސަރުކާރު ހިއްސާވާ ބޮޑެތި ކުންފުނިތަކުގެ ފައިދާ ވަނީ ދަށްވެފަ އެވެ.

އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ވަނީ 28 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފަ އެވެ. މި ބަޖެޓުގައި ހަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ބެލެވެނީ، 24.9 ބިލިއަން ރުފިޔާ އެވެ. އަދި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 22.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބުނެފައިވެ އެވެ. އަދި އެ ބަޖެޓްގެ ދަރަނި ވެސް 2.5 ބިލިއަން ރުފިޔާ އަށް (ޖީޑީޕީގެ ނިސްބަތުން 3.8 ޕަސެންޓް) އެވެ. އަންނަ އަހަރުގެ 56 ޕަސެންޓް ހާއްސަކޮށްފައިވަނީ، ރިޔަރަންޓް ހަރަދަށެވެ. ރިކަރެންޓް ހަރަދުގެ ޖުމްލައަކީ 16.1 ބިލިއަން ރުފިޔާ އެވެ. އެއީ މުސާރަ އާއި ޕެންޝަނަށެވެ. އަދި 23 ޕަސެންޓް ހޭދަ ކުރާނީ އާއްމު ހިދުމަތް ފޯރު ކޮށްދޭނެވެ. އަދި ރިކަރަންޓް ހަރަދުގެ ނުވަ ޕަސެންޓް ހޭދަކުރާނީ ލޯނު ދައްކާށެވެ. ސަބްސިޑީ އަށް ހަރަދު ކުރާނީ 12 ޕަސެންޓެވެ. ބަޖެޓުގެ 43 ޕަސެންޓް ހޭދަކުރާނީ ކެޕިޓަލް ހަރަދު ތަކަށެވެ. އެއީ 11.9 ބިލިއަން ރުފިޔާ އެވެ. މީގެ ތެރެއިން 59 ޕަސެންޓް ހަރަދު ހިމެނެނީ ޕަބްލިކް ސާވިސް އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށެވެ.