ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކޮވިޑް ހާލަތު ބަލަން ކޮންމެ އަތޮޅަކަށް މަންދޫބެއް

ރާއްޖޭގައި ހަލުއި ކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ އަތޮޅުތެރޭގެ ހާލަތު ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކޮންމެ އަތޮޅަކަށް ސަރުކާރުގެ މަންދޫބަކު ހަމަޖައްސަވައިފި އެވެ.

މިކަމަށް އެކި މިނިސްޓްރީތަކުން ސްޓޭޓް މިނިސްޓަރެއް ނުވަތަ ޑެޕިއުޓީ މިނިސްޓަރެއް ކޮންމެ އަތޮޅަކަށް ކަނޑައަޅާފައިވާ ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެ އެވެ. އެ ބޭފުޅުން މަސައްކަތް ކުރައްވާނީ ކައުންސިލްތަކާއި ޓާސްކްފޯސްތަކާއި ގުޅިގެންނެވެ.

އަތޮޅުތަކުގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް ހުރި މައްސަލަތަކާއި ދަތިތައް އެ ބޭފުޅުން މެދުވެރިކޮށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އާއި ކަމާ ގުޅޭ އިދާރާތަކުގެ ސަމާލުކަމަށް ގެންނާނެ އެވެ.

އަތޮޅުތަކުގައި ކޮވިޑްގެ ހާލަތު ގޯސްވެ މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ 72 ރަށެއް މިހާރު އިތީ ބަންދުކޮށްފަ އެވެ. ހުރިހާ ރަށެއްގައި ރޭނގަނޑު 9:00 އިން ފަތިހު 4:00 އަށް އަންނަނީ ކާފިއު ހިންގަމުންނެވެ. ހާލަތު ގޯސް 12 ރަށެއްގައި އަންނަނީ 12 ގަޑިއިރު ކާފިއު ހިންގަމުންނެވެ.