ސުއޭޒް ކެނަލް

ސުއޭޒް ކެނަލް: އަނެއްކާވެސް ބޯޓެއް ބީހިލައިފި

މަގު ހުރަސްކޮށް ދަރުތުކުރި ކޮންޓައިނާ ބޯޓެއްގެ އިންޖީނަށް ލިބުނު ގެއްލުމެއްގެ ތެރޭގައި އުޅެނިކޮށް ސުއެޒް ކެނަލްގެ ކަނޑުއޮޅީގައި ބީހިލި ނަމަވެސް ބޮޑު ގެއްލުމެއް ނުވެ ބޯޓު ފުން ކުރެވިއްޖެ އެވެ. މިސްރުގެ ސުއޭޒް ކެނަލް އޮތޯރިޓީން އެކަން ކަށަވަރުކޮށްދެ އެވެ.

ސިންގަރޫޕަށް ރެޖިސްޓްރީ އޮންނަ "އެމްވީ މޭސްކް އެމެރަލްޑް" ކޮންޓެއިނާ ބޯޓުގެ އިންޖީނަށާއި ހުންގާނަށް ލިބުނު ގެއްލުމެއްގައި ސުއޭޒް ކެނަލްގައި ކުޑަ ވަގުތުކޮޅަކަށް ބީހިފައިވާކަން ބަޔާނެއް މެދުވެރިކޮށް ސުއޭޒް ކެނަލް އޮތޯރިޓީން ވަނީ އާންމު ކޮށްފަ އެވެ.

ސުއޭޒް ކެނަލް އޮތޯރިޓީން ބުނީ ޓަގުޖަހައި 353 މީޓަރުގެ ބިޔަ ބޯޓު ފުން ކުރުން ބޮޑު ކަމަކަށް ނުވި ކަމަށެވެ. އަދި ބުނީ މިދާކަށް ދުވަހު ސުއޭޒް ކެނަލުގައި ހިނގާދިއަ ހާދިސާއަށް ފަހު އޮފިޝަލުން މިހާރު ވަރަށް ހުޝިޔާރު ކަމަށާއި އެކަށީގެންވާ ސާމާނު ވެސް ހުރި ކަމަށެވެ.

ކޮންޓެއިނާ ބޯޓެއް ސުއޭޒް ކެނަލްގައި ހުރަސްވެ މަގުބަންދުވީ މާޗް 23، އަންގާރަ ދުވަހު އެވެ. ޖަޕާން ކުންފުންޏަކަށް މިލްކުވެރިކަން އޮންނަ 400 މީޓަރު ދިގު ބިޔަ ބޯޓު ތާށިވީ ޗައިނާއިން މުދާ ބަރު ކޮށްގެން ނެދަލޭންޑްސްއަށް 220،000 ޓަނުގެ މުދަލާއެކު ދަތުރު ކުރަނިކޮށެވެ. އެއީ ގާތްގަނޑަކަށް 18،000 ކޮންޓެއިނާ އެވެ. އެބޯޓު ފުން ކުރެވުނީ ހުއްޓުމެއް ނެތި ހަފުތާއެއް ވަންދެން ކުރި މަސައްކަތުންނެވެ.