ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑް ވޭރިއަންޓްތައް: ކޮންމެ ގައުމަކަށް ވޭރިއަންޓެއް

ކޮވިޑްގެ ވޭރިއަންޓެއް ވިއެޓްނާމުން ވެސް ފެނިއްޖެ އެވެ. އެ ގައުމުގެ ހެލްތު މިނިސްޓްރީ ބުނީ ވިއެޓްނާމް ވޭރިއަންޓް އުފަންވެފައި ވަނީ އިންޑިއާ ވޭރިއަންޓާ އިނގިރޭސި ވޭރިއަންޓް އެކުވެގެން ކަމަށެވެ. މި ވޭރިއަންޓްގައި ދެރަހައެއް ހިމެނޭ ކަމަށެވެ. މާނައަކީ އިނގިރޭސި ވޭރިއަންޓްގެ ނުރައްކަލާ އަދި އިންޑިއާ ވޭރިއަންޓްގެ ނުރައްކާ ވެސް ހިމެނޭ ކަމަށެވެ.

ދުނިޔޭގައި ކޮވިޑް ތަތްވެގަނެ ގައުމުތަކުގައި ފެތުރެމުން އަންނައިރު މިހާތަށް ސައުތު އެފްރިކާ ވޭރިއަންޓަކާއި ބްރެޒިލް ވޭރިއަންޓެއް އަދި އިނގިރޭސި ވޭރިއަންޓަކާއި އިންޑިއާ ވޭރިއަންޓެއް ފެނިފައި ވެއެވެ.

ވޮއެޓްނާމް ވޭރިއަންޓަށް އަދި ރަސްމީ ނަމެއް ނުކިޔަ އެވެ. އެހެން ނަމަވެސް ވިއެޓްނާމުން ބުނީ ކޮވިޑްގެ ދަރިފަސްކޮޅުގައި މި ވޭރިއަންޓް ވެސް ހިމަނާނެ ކަމަށެވެ.

ކޮވިޑް ފުރަތަމަ ފެރުތިގަތް ކަމަށް ބުނަނީ ޗައިނާގެ ވުހާންގަ އެވެ. އެހެން ކަމުން ވުހާން ވޭރިއަންޓެއް ވެސް އުޅެން ޖެހެ އެވެ. އަދި ކޮވިޑްގައި ބޮޑުވަރުވި ކޮންމެ ގައުމަކަށް ވޭރިއަންޓެއް ނިސްބަތްކުރަން ޖެހެ އެވެ. މިގޮތުން އެމެރިކާ ވޭރިއަންޓާއި ފްރާސް ވޭރިއަންޓް އަދި ޔޫރަޕްގެ ކޮންމެ ގައުމަކަށް ވޭރިއަންޓެއް ނިސްބަތް ކުރަން ޖެހެ އެވެ.