އެޓާނީ ޖެނެރަލް

ފްލައިން ސުކޫލަށް އެޅިދާނެ ފިޔަވަޅުތައް އޭޖީ ސާފުކޮށް ދެއްވައިފި

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު އަދި ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ: އެކަމަނާ އެދިވަޑައިގެންނެވި ލަފާ މިރޭވަނީ ދެއްވާފައި -- އަވަސް ފޮޓޯ
0%
0%
0%

އޭޝިއަން އެކަޑަމީ އޮފް އެއިރޯނޯޓިކްސްގެ ދަށުން އައްޑޫގައި ހިންގާ ފްލައިން ސުކޫލަށް އެޅިދާނެ ގާނޫނީ ފިޔަވަޅުތައް އެޓާނީ ޖެނެރަލްގެ އޮފީހުން ސާފުކޮށްދީފި އެވެ.

ފްލައިން ސްކޫލްގެ ހިންގުން ދޯދިޔާވެ ދަރިވަރުންގެ ކިޔެވުން ނުނިމި ދިގުލައިގެން ދިއުމުގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ. ހާއްސަކޮށް ގިނަ ދަރިވަރުންނަކީ ލޯން ނަގައިގެން ކިޔަވަމުންދާތީ އެ ދަރިވަރުންގެ ޝަކުވާ ވަރަށް ބޮޑެވެ. އަދި ދަރިވަރުންގެ ކިޔެވުން ކޮންމެވެސް އެހެންގޮތަކުން ހަމަޖައްސައި ދިނުމަށް ކެނޑިނޭޅި ދަރިވަރުން ދަނީ އެދެމުން ނެވެ.

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މިރޭ ވިދާޅުވީ އައްޑޫ ގައި ހިންގާ ފްލައިންގ ސްކޫލުގެ މައްސަލާގައި ޓްރާސްޕޯޓް މިނިސްޓްރީން ލަފަޔަކަށް އެދުމުން މިރޭ އެ ލަފާ ދެއްވާފައިވާ ކަމަށެވެ. އެ މިނިސްޓްރީން އޭޖީގައި ލަފަޔަކަށް އެދިފައިވަނީ އިއްޔެ އެވެ.

ރިފްއަތު ވިދާޅުވީ އޭވިއޭޝަން އޮތޯރިޓީގެ ގާނޫނާއި މަތީ ތައުލީމާބެހޭ ގާނޫނުގެ ދަށުން ޓްރާސްޕޯޓް މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް އެޅިދާނެ ފިޔަވަޅު އެ ލަފާގައި ފާހަގަކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުދެއްވައެވެ.

އޭއޭއޭގެ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކައާ ބެހޭ ކޮމިޓީއަށް މިނިސްޓަރު ނަހުލާ އާއި މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދު ވަނީ ހާޒިރުކޮށްފައެވެ. އެ ބައްދަލްވުމުގައި މިނިސްޓަރު ނަހުލާ ވިދާޅުވީ ފްލައިން ސުކޫލުގެ މައްސަލައަށް އޮތް ހައްލަކީ އެހެން ސުކޫލެއް އުފެއްދުން ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345