އަނަސް އަބްދުއްސައްތާރު

ބާ ކައުންސިލްގެ ކޮމިޓީން އަނަސް އިސްތިއުފާ ދެއްވައިފި

އަނަސް އަބްދުއްސައްތާރު: ބާ ކައުންސިލްގެ ހިންގާ ކޮމިޓީން މިއަދު ވަނީ އިސްތިއުފާ ދެއްވާފައި
0%
0%
0%

ބާ ކައުންސިލްގެ ހިންގާ ކޮމިޓީން އަނަސް އަބްދުއް ސައްތާރު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

މާލޭ މޭޔަރު ކަމަށް ކުރިމަތިލެއްވި އަނަސް، ބާ ކައުންސިލްގެ ހިންގާ ކޮމިޓީގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވިކަން ހާމަ ކޮށްފައި ވަނީ އެ ކައުންސިލްގެ ޓްވީޓެއް މެދުވެރިކޮށެވެ.

އަނަސް އަކީ ބާ ކައުންސިލުގެ ހިންގާ ކޮމިޓީ އެކުލަވައިލިއިރު އެ ކައުންސިލަށް ވަކީލުންގެ ތެރެއިން އިންތިހާބުވެވަޑައިގެންނެވި މެންބަރެކެވެ. އެ ކައުންސިލްގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާގޮތުގައި އަނަސް އަކީ ކޮމިޓީގެ ބައްދަލުވުންތަކުގައި އެންމެ މަދުން ބައިވެރިވި މެމްބަރެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމު ގިނަ ދުވަސްތަކެއް ވަންދެން އަދާކުރެއްވި އަނަސް ވަނީ އެމްޑީޕީގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާފަ އެވެ. އެ އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވީ އަލަށް މަގާމާ ހަވާލުވެހުންނެވި ޑރ. މުހައްމަދު މުއިއްޒެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345