އުރީދޫ

އުރީދޫން މާދަމާއިން ފެށިގެން އިތުރު ޑޭޓާ

Jun 1, 2021
1

މިހާލަތުގައި ގޭގައި ތިބެން ބާރު އެޅުމުގެ ގޮތުން އުރީދޫ ކަސްޓަރުންނަށް މާދަމައިން ފެށިގެން ހިލޭ ޑޭޓާ ލިބޭނެ ކަމަށް ބުނެފި އެވެ.

އުރީދޫން ވަނީ މާދަމައިން ފެށިގެން އުރީދޫ ޕޯސްޓްޕެއިޑާއި ޕްރިޕެއިޑް އަދި ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ލިބޭ މި ހާއްސަ އޮފާ ތަކާއިއެކު، ގޭގައި ތިބެގެން އާއިލާ އާއި ރައްޓެހިންނާއި ގުޅުން ބަދަހިކޮށް، އެހެނިހެން ޑިޖިޓަލް ހިދުމަތްތައް ވެސް ބޭނުންކުރުމުގައި ލުޔެއް ލިބިގެންދާނެ އެވެ.

އުރީދޫ މޯލްޑިވްސް އިން މި ހާއްސަ އޮފާތައް އަލުން ފޯރުކޮށްދިނުމަށް ނިންމާފައިވަނީ މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް މެދުކެނޑުމެއްނެތް ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތެއް ލިބުމަކީ މުހިންމުކަމެއްކަމުގައި ދެކިގެންނެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވީ ކޮވިޑްގެ ޕެންޑެމިކް ފެށުނީއްސުރެ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށާއި މުޖުތަމައުއަށް އަދި އެ ކުންފުނީގެ ޓީމަށް ވެސް އުރީދޫ އިން ދަނީ އެކި ގޮތްގޮތުން އެހީ ފޯރުކޮށްދެމުންދާ ކަމަށެވެ. އެގޮތުން އަލަށް މި ލޯންޗު ކުރެވުނު ހާއްސަ އޮފާތަކާއެކު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

އުރީދޫންދޭ ހާއްސަ އޮފާތައް

  • ސުޕަރނެޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 50 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ
  • ފަސޭހަ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް30 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ
  • ޕްރިޕެއިޑް ޑެއިލީ އަދި ވީކްލީ ޑޭޓާ އެޑް-އޮންސް ނަންގަވާފަރާތްތަކަށް 200 ޕަސެންޓާ އާއި ހަމައަށް އިތުރު ޑޭޓާ ލިބުން. މި އެޑް-އޮންތައް މިހާރު 'ވަރަށް ތަފާތު "'އެކު ޕޯސްޓްޕެއިޑް" އަދި "އާޗާ ޕޯސްޓްޕެއިޑް" ގެންގުޅުއްވާ ފަރާތްތަކަށް ވެސް ލިބޭނެ
  • ޕޯސްޓްޕެއިޑް މަންތްލީ ޑޭޓާ ނަންގަވާފަރާތްތަކަށް 50 ޕަސެންޓާ އާއި ހަމައަށް އިތުރު ޑޭޓާ
  • ސޯޝަލް މީޑިއާ އަށް، ގޭމް ކުޅުމަށް އަދި އޮންލައިން ސްޓްރީމިންގ އަށް ހާއްސަ ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ޕެކްތަކަށް 100 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ
  • މާދައިގެ ކުރިން ތިބި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވައިބަރ މެދުވެރިކޮށް ހިލޭ މެސެޖެ ފޮނުވުން
  • ޕްރިޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑިޕޮސިޓަކާ ނުލާ މިހާރު "އެކު ޕޯސްޓްޕެއިޑް" "ތަފާތު ޕޯސްޓްޕެއިޑް" އަދި "އާޗާ ޕޯސްޓްޕެއިޑް" އަކަށްވެސް އަޕްގްރޭޑްކޮށްލެވޭނެ
  • އާޗާ 1ޖީބީ/ޑޭ ޕްލޭންސްއަށް 2 ގުނަ ޑޭޓާ، މިގޮތުން ދުވާލަކު 2 ޖީބި ލިބިގެންދާނެ
  • މަގޭ ޕްލޭން އެކްސްކްލޫސިވް އޮފާއާއިއެކު އުރީދޫ އެޕް މެދުވެރިކޮށް 100 ޕަސެންޓް އަށްވުރެ ގިނަ ޑޭޓާ
  • ފޭސްބުކް ފްލެކްސް މެދުވެރިކޮށް ހިލޭ ފޭސްބުކް ބޭނުންކޮށްލެވުން

އުރީދޫން މާދައިން ފެށިގެން އިތުުރު ޑޭޓާ ދޭއިރު އެ ކުންފުނިން އިއްޔެ ވަނީ ސްކޫލް ކުދިންނަށް ހާއްސަ ޕެކޭޖުތަކެއް ވެސް ތައާރަފުކޮށްފަ އެވެ.