ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި މިއަދުގެ ފަސް ވަނަ މަރު

ކޮވިޑް-19 އަށް ޕޮޒިޓިވްވި ފަސް ވަނަ މީހަކު މިއަދު މަރު ވެއްޖެ އެވެ.

ކޮވިޑް ޖެހިގެން މަރުވެފައި ވަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދިޔަ މީހެކެވެ. އެއީ އުމުރުން 88 އަހަރުގެ ދިވެހި އަންހެނެކެވެ.

ދެން މިއަދު މަރުވެފައި ވަނީ ހުޅުމާލޭގެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 70 އަހަރުގެ ފިރިހެނަކާއި 50 އަހަރުގެ ފިރިހެނަކާއި 59 އަހަރުގެ އަންހެނެކެވެ.

އޭގެ އިތުރުން ބ. އޭދަފުށީ ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ 87 އަހަރުގެ ރ. ހުޅުދުއްފާރު އަންހެނަކުވެސް މިއަދު މަރުވެފައި ވެއެވެ. އެއީ ރ. އަތޮޅުން ކޮވިޑް ބަލީގައި މަރުވި ފުރަތަމަ މީހާ އެވެ. މިއާއެކު ރާއްޖެއިން ކޮވިޑް ޖެހެގެން މަރުވި މީހުންގެ އަދަދު ވަނީ 166 އަށް އަރާފަ އެވެ.

މިދިޔަ މެއި މަހަކީ ކޮވިޑްގައި ރާއްޖެއިން ހޭދަކުރި އެންމެ ހާލަތު ގޯސް މަހެވެ. އެ މަހު އެކަނި 88 މީހަކު ވަނީ މަރުވެފައި ވެއެވެ.