ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް ހެލްތު

ކުއްޖާ ބަލާ ލަހުން ދިޔަ މައްސަލަ ބަލަނީ

ކޮވިޑް-19 ޖެހިގެން ރޭ މަރުވި 10 އަހަރުގެ ކުއްޖާ ބަލާ އެމްބިއުލާންސް ލަހުން ދިޔަ މައްސަލައެއް ބަލަން ފަށައިފި އެވެ. ރޭ ހާލު ސީރިއަސް ވެގެން މަރުވެފައި ވަނީ ފާތިމަތު މިޝްކާ މުހައްމަދެވެ.

އައިޖީއެމްއެޗްގެ އެމާޖެންސީއަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މިޝްކާ މަރުވެފައި ވަނީ ރޭ ދަންވަރު 12:10 ގައެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މިޝްކާގެ ހެއެއް ނެތެވެ.

އާއިލާއިން ވަނީ ފަރުވާ ލިބުން ލަސްވި ބައެއް ސަބަބުތައް ރޭ ކިޔައިދީފަ އެވެ. އެ ގޮތުން ހޮސްޕިޓަލަށް މިޝްކާ ގެންދަން އެމްބިއުލާސް ދިއުން ލަސްވެ އެތައް ވަގުތެއް ހޭދަ ކުރަން ޖެހުނެވެ. އެމްބިއުލާންސް ގޮސްފައި ވަނީ އެކަމަށް އެދި ގުޅިތާ ދެ ގަޑިއިރަށްވުރެ ގިނައިރުވީ ފަހުން ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ.

ހެލްތު މިނިސްޓްރީން މިއަދު ބުނީ ރޭ އެމަޖެންސީ ކޯލެއް އައުމުން އެމްބިއުލާންސް ދިއުން ލަސްވި މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. އެމްބިއުލާންސްގެ ހިދުމަތަށް ވަގުތުން ބަދަލު ގެނެސް އެދެވިގެންވާ ފިޔަވަޅު އަޅައިފައި ވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިއީ ކޮވިޑް ޖެހެގެން ރާއްޖެއިން މަރުވި އެންމެ ހަގު މީހާ އެވެ. އަަދި ކޮވިޑްގައި ރާއްޖެއިން މަރުވި ފުރަތަމަ ކުއްޖާ އެވެ. ކޮވިޑް-19 އިގެ މިހާލަތުގައި އެމްބިއުލާންސް އައުން ލަސްވާ މައްސަތައް މީގެ ކުރިން ވެސް ވަނީ ފެންމަތިވެފަ އެވެ.