ޓޫރިޒަމްގެ ކާމިޔާބު އަހަރެއް ގޮތުގައި މި އަހަރު ނިންމައިލެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
ފަހަކަށް އައިސް ވިދާޅުވާ ވާހަކަތަކުން ފާޑުކިޔުންތައް އަމާޒުވާ މިނިސްޓަރު މިހެން ވިދާޅުވީ ޕީއެސްއެމް "ރާއްޖެ މިއަދު" ޕްރޮގްރާމްގަ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމުން ޓޫރިޒަމަށް ވަނީ ބޮޑެތި ގެއްލުން ވެފައެވެ. ނަމަވެސް ބޯޑަރު އަލުން ހުޅުވުމަށްފަހު އަހަރު ނިންމާލާފައި ޓޫރިޒަމްގެ ކާމިޔާބު އަހަރެއްގެ ގޮތުގަ އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެ އޮތީ ވަރަށް މަގުބޫލުތަނެއް ގޮތުގައި ފަތުރުވެރިންގެ މެދުގައި އިސްތިހާރު ވެފައި ކަމަށާއި މަގުބޫލު ކަމަށް ބަދަލެއް ނާންނަ ކަމަށެވެ. ކުރަންވީ ކަމަކީ ކޮވިޑް ނަމްބަރުތައް ދަށްކޮށްލުން ކަމަށެވެ. އަދި ވިދާޅުވީ ކޮވިޑް ނަމްބަރުތައް ދަށް ވުމުން ފަތުރުވެރިކަން އޮޓޯއިން ރަނގަޅު ވާނެ ކަމަށެވެ.
"ޔޫރަޕުން ރާއްޖެއަށް ރަތް ކާޑު ދައްކައިފައި އެ އޮތީ، އެއީ ރާއްޖޭގެ ނިސްބަތުން މިހާރު ކޮވިޑް ނަމްބަރު އިތުރުވެފައި ވާތީ އެމީހުންގެ އސޫލުތަކުން އަޅާފައިވާ ފިޔަވަޅެއް. އެހެންވީމަ އަޅުގަނޑުމެން ހަމަ ކޮވިޑް ނަމްބަރު މަދު ކުރަން މަސައްކަތް ކުރަންވީ. އެރުން ބޭރު ގައުމުތަކުން ދޫދޭނެ" މައުސޫމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ވަރަށް އަވަހަށް ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅު ވާނެ ކަމަށެވެ.