ވިލިމާލެ

ވިލިމާލެ ޓާމިނަލްއާ ފެރީތައް އޭސީ ކުރަނީ

ވިލިމާލެ ފެރީ ޓާމިނަލް އާއި މާލެ އާއި ވިލިމާލެއާ ދޭތެރޭ ދަތުރުކުރާ ފެރީތައް އޭސީ ކުރަން ނިންމައިފި އެވެ.

ސިޓީ ކައުންސިލުން އެ ނިންމުން ނިންމީ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ އެކަމަށް އެދި ހުށައެޅުމުންނެވެ. މާލެ ސިޓީ ކައުންސިލުން ބުނީ ވިލިމާލެ ފެރީ ޓާމިނަލް އާއި މާލެ އާއި ވިލިމާލެއާ ދޭތެރޭ ދަތުރުކުރާ ފެރީތައް އޭސީ ކުރަން އެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

އަދި ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެ ބަދަލު ގެންނާނެ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ވިލިމާލޭގައި ލޯކަލް މާރުކޭޓަކާއި މަސް މާރުކޭޓެއް އަޅަންވެސް ވަނީ ނިންމާފައިވެއެވެ. އެ މަސައްކަތްވެސް ތިން މަސް ދުވަހުގެ ތެރޭގައި ފެށުމަށް ވަނީ ނިންމާފައެވެ.