ތިމާވެށި

މަކުޑި ޕޯޓަލް އަޕްގްރޭޑް ކުރަނީ

ސިފައިން ކެމިކަލް ގުދަންތަކެއް ބަލަނީ: ކެމިކަލްތައް އެތެރެކުރަން ހުއްދަ ދޫކުރުމުގެ ކަންތައްތައް ކުރިއަށްގެންދާ "މަކުޑި" ޕޯޓަލް އަޕްގްރޭޑް ކުރަން ވަނީ ނިންމާފައި
0%
0%
0%

ރާއްޖެ އެތެރެ ކުރާ ކެމިކަލްތަކުގެ މައުލޫމާތުތައް ބަލަަހައްޓާ، ކެމިކަލްތައް އެތެރެކުރާ ފަރާތްތަކަށް ހުއްދަ ދޫކުރުމުގެ ކަންކަން ކުރިއަށްގެންދާ "މަކުޑި" ޕޯޓަލް އަޕްގްރޭޑް ކުރަން ނިންމައިފި އެވެ.

ޑިފެންސް މިނިސްޓްރީން ގާއިމް ކޮށްފައިވާ "މަކުޑި" އަޕްގްރޭޑް ކުރުމާ ގުޅޭ އެއްބަސްވުމެއްގައި މިއަދު މެންދުރު ވަނީ ސޮއި ކޮށްފަ އެވެ. އެ އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީން ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރު ސޮއި ކުރެއްވި އިރު ޑިފެންސް މިނިސްޓްރީން ސޮއި ކުރެއްވީ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލެވެ.

މިއީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖެފް) ގެ އެހީތެރިކަމާއެކު މިދިއަ އަހަރުގެ ނޮވެމްބަރު މަހު ގައި ފެށި މަޝްރޫއެއްގެ ތެރެއިން ކުރާ މަސައްކަތެކެވެ. މިއަދު ސޮއި ކުރި އެއްބަސްވުމާއެކު "މަކުޑި" ސޮފްޓްވެއާ އިތުރަށް ތަރައްގީ ކުރަން އެންވަޔަރަމަންޓުން ހާޑްވެއާ ފޯރު ކޮށްދޭނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345