ތިމާވެށި

އެއާކޯން ސާވިސްކުރާ މީހުނަށް ލައިސަންސް ދެނީ

އެއާ ކޮންޑިޝަނާއި ރެފްރިޖަރޭޓާސް ސާވިސް ކުރާ ޓެކްނީޝަނުން ނަށް ބޭނުންވާ ސެޓްފިކޭޝަން އާއި ލައިސަންސް ތައްޔާރު ކުރަން އެފްޖޭއެސް އާ މިއަދު ހަވާލު ކޮށްފި އެވެ.

އެކަމާ ގުޅޭ އެއްބަސްވުމެއްގައި އެފްޖޭއެސްއާ އެންވަޔަރަމަންޓް މިނިސްޓްރީއާ ދެމެދު މިއަދު ވަނީ ސޮއި ކޮށްފަ އެވެ. އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އާމިނަތު ޝައުނާ އެވެ. އެފްޖޭއެސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑައިރެކްޓަރެވެ.

މި އެ އެއްބަސްވުމާއެކު ރާއްޖޭގައި މަސައްކަތް ކުރާ ރެފްރިޖަރޭޝަން އަދި އެއާކޮންޑިޝަނިން ސާވިސިން ޓެކްނީޝަނުންނަކީ މަސައްކަތުގެ ފަންނީ ހުނަރު ލިބިފައިވާ ބަޔަކަށް ހަދަން ސެޓިފިކޭޝަން އަދި ލައިސަންސިން ސިސްޓަމެއް ތައްޔާރު ކުރާނެ އެވެ.