މާލޭ ސިޓީ ކައުންސިލް

ސިނާއީ މަސައްކަތްތައް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރަނީ

އިންޑަސްޓްރިއަލް ވިލެޖް: ސިނާއީ މަސައްކަތްތައް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމަށް މަސައްކަތް ވަނީ ފަށާފައި
0%
0%
0%

މާލޭގައި ހުރި ސިނާއީ މަސައްކަތް ކުރާ ތަންތަން އިންޑަސްޓްރިއަލް ވިލެޖަށް ބަދަލު ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.

މާލޭގައި ހުރި ގުދަން، ގަރާޖު، ވޯކްޝޮޕް، ވަޑާންގެ އަދި ގާއަޅާ ތަންތަން ފަދަ ސިނާއީ ތަންތަނާއި ގުޅޭ މައުލޫމާތު ހޯދަން މާލޭ ސިޓީ ކައުންސިލުން މިހާރު ވަނީ އެ ކައުންސިލްގެ ވެބްސައިޓްގައި ހާއްސަ ޕޯޓަލްއެއް ވެސް ގާއިމުކޮށްފަ އެވެ.

ސިޓީ ކައުންސިލުން ބުނީ ޕޯޓަލްގެ ބޭނުމަކީ އެފަދަ ތަންތަން އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމަށް ސަރުކާރަށް ހުށަހެޅުމަށްޓަކައި އެ ތަންތަނާ ގުޅޭ ގޮތުން ބޭނުންވާ މައުލޫމާތު އެއްކުރުން ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން ވަނީ މާލޭގައި ހުރި ސިނާއީ މަސައްކަތް ކުރާ ތަންތަނުގެ މައުލޫމާތު މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން އެ ޕޯޓަލް މެދުވެރިކޮށް ފޯރުކޮށްދިނުމަށް އެދިފަ އެވެ.

މީގެ އިތުރުން މާލޭ ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލުން ވެސް ބައެއް ތަންތަނުގެ މައުލޫމާތު ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ސިޓީ ކައުންސިލްގެ މުވައްޒަފުން ގޮސްގެން މައުލޫމާތު ނަގާ ތަންތަނުން ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހިއްސާކުރާކަށް ނުޖެހޭނެ އެވެ.

މާލޭގައި ހުރި ސިނާއީ މަސައްކަތް ކުރާ ތަންތަން އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމަކީ މާލޭގެ މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭން ވައުދެކެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ރުމާހި

ތިކަންކުރެވޭނީ ކިހާދުވަހަކުންބާ؟ ތިކިޔާ އިންޑަސްޓްރިއަލް ވިލެޖުގައި ތިތަންތަންބަދަލުކުރާނެ ވަސީލަތްތައް ހުރީކީނޫން. ދެންވީ ތިތަނުގަ ޢިމާރާތްކުރަން. މިފަދަ ދަރަނިބޮޑުވެ، ދަތިވެފައިއޮތް ދުވަސްވަރެއްގަ ތިތަނުގަ ތަންތަންހެދުމަށްދާޚަރަދު ކުޑައެއްނުވާނެ. ތިތަނުން ތަންކުއްޔަށްހިފޭވަރެއްވެސްނުވާނެ. ކުލިބޮޑުވެ، ޚިދުމަތްދިނުމަށް ކުރަންޖެހޭހޭދަ ބޮޑުވާބޮޑުވުން ދެކޮޅުޖައްސަންޖެހޭނީ ދޭޚިދުމަތުގެ އަގުމަތިކުރަން. އާޚިރު ނަތީޖާއަކީ، ލޮބުވެތި ރައްޔިތުމީހާގެ ޖީބަށްބާރުބޮޑުވުން! ސަރުކާރަށާއި މޭޔަރަށް ސާބަސްފުޅު! ލޮބުވެތި ރައްޔިތުންގެބޮލަށް އަނެއްކާ އަނެއްތުޅާ!

ގިރާވަރު

25 އަހަރު ވީވާހަކައެއްތީ. ހަމައެކައި ސޯމިލްތައް ބަދަލުކޮށްލެވުނަސް ސާބަސް.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345