ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، މަގާމު ދިފާއު ކުރެއްވުމަށް ކުރެއްވި މަސައްކަތްތައް ފެއިލްވުމުގައި ފޭސްބުކާއި ޓްވީޓަރުގެ ދައުރު އެކަމުގައި ވަރަށް ބޮޑު ކަމަށް އޭނާ ވިދާޅުވެ އްޖެ އެވެ.
ނަތަންޔާހޫ ވިދާޅުވީ ފޭސްބުކުން އުޅެނީ މުޅި އިޒްރޭލުން ކަނާތު ފިޔަ ބިންދާލަން ކަމަށެވެ. އަދި ވިދާޅުވީ އިދިކޮޅު ޕާޓީތަކުން އެ ކުރަނީ އިޒްރޭލް ހަލާކޮށްލަން ކުރާ މަސައްކަތްތަކެއް ކަމަށެވެ.
އިޒްރޭލުގައި އިދިކޮޅު ޕާޓީތައް އެއްގަލަކަށް އަރައި ނަތަންޔާހޫ ބޮޑުވަޒީރު ކަމުން ދުރުކުރަން ކުރާ މަސައްކަތަކުތައި ބަހުގެ ހަލަމާތަކުން ދަނީ އަރާރުން ވަމުންނެވެ. ކަނާތު ފިޔައިން ވާތު ފިޔަ ބިންދަން ގޮވާއިރު އެއްބަޔަކު އުޅޭ ގޭދޮށަށް އެއްވާން އަނެއް ބަޔަކު ދަނީ ފޭސްބުކާއި ޓްވިީޓަރުގައި އިއުލާން ކުރަމުންނެވެ.
ގައުމުގައި އާންމުގެ މެދުގައި މަސްލަހަތު ނުގެއްލޭނެ ފަދަ ބަހުރުވައިން މުއާސަލަތު ކުރަން ޑޮމެސްޓިކް ސެކިޔުރިޓީ ސާވިސްއިން ސިޔާސީ ލީޑަރުންނަށް އަންގައި ވަނީ އިންޒާރުދީފަ އެވެ.
ނަތަންޔާހޫ ވިދާޅުވީ ގައުމުގައި ވައްކަން ކުރާ މީހުން ގިނަ ވެއްޖެ ކަމަށާއި އިލެކްޝަނުން ވައްކަންކުރާ ހިސާބަށް ވެސް ކަންތައްތައް ހިނގައްޖެ ކަމަށެވެ.
އިޒްރޭލުގައި އިދިކޮޅު ޕާޓީތަކުން ތިބީ ކޯލިޝަން ސަރުކާއެއް އެކުވަލާލެވޭ ހިސާބުގަ އެވެ. ސަރުކާރެއް އެކުލަވާލެވޭ ވަރަށް ގާނޫނު ހަދާ މަޖިލީހުން ގޮނޑި ވަނީ ކަށަވަރުވެފަ އެވެ. އެހެން ނަމަވެސް ގާނޫނު ހަދާ މަޖިލީހުގައި ބަހުސް ކުރެވި ނިމޭ ގޮތަކުން މެނުވީ ކޯލިޝަންގައި މާނައެއް އެކުނުލެވޭނެ އެވެ.
ނަތަންޔާހޫ ވިދާޅުވި އެހުރިހާ ކަމެއް ހިނގަމުން ދަނީ އޭނާގެ ކުރިފުޅުމަތިގައި ކަމަށާއި ކަނާތު ފިޔައިގެ ފިކުރަށް ބަޔަކު ލަނޑުދީފި ކަމަށެވެ. އޭނާ އަދި ވިދާޅުވީ ފޭސްބުކާއި ޓްވީޓަރުން ވެސް މިހާރު ކަނާތު ފިޔައިގެ ފިކުރާ ބީރައްޓެއްހިވެއްޖެ ކަމަށާއި އެއްޗެއް ޕޯސްޓް ކުރާއިރަށް ފޮހެލާ ކަމަށެވެ.