ޓެކްނޯލޮޖީ

މިއޮތީ ބްލެކް އައިފޯން 13 ޕްރޯ

އައިފޯނާ ގުޅުން ހުރި ކޮންމެ ކަމަކީ ވެސް ބަހުސެކެވެ. މިފަހަރު ކަޅު އައިފޯނެއްގެ ވާހަކަ އެވެ. އެޕަލްއިން މިހާތަނަށް ޑިވައިސްއެއްގައި ޖައްސާފައި ނެތް ކަޅުކުލައެއްގެ ވާހަކަ އެވެ. އައިފޯން 13 އަށް ހާއްސަ މައްސަރަކީ ސެޕްޓެމްބަރު ކަމަށް ބުނެވެ އެވެ. ޓެކް ނޫސްތަކުން ބުނާ ގޮތުން ސެމްޓެމްބަރު 24، ވާ ހުކުރު ދުވަހަކީ އެ ދުވަހެވެ.

އައިފޯން ފޭން ކްލަބުތަކުގައި އެންމެ ގިނައިން ދެކެވޭ ވާހަތަކުގެ ތެރޭގައި އައިފޯން 13 ޕްރޮގެ ކުލައިގެ ވާހަކަ އޮތީ ހިމެނިފަ އެވެ. ބުނެވެނީ އައިފޯން 13 ޕްރޮއަށް ވުރެ އަނދިރި ފޯނެއް އެޕަލުން އަދި ނުނެރޭ ކަމަށެވެ. އެއީ ގްރެފައިޓް އަދި ސްޕޭސް ގްރޭއަށް ވުރެ ވެސް އަނދިރި ކުލައެއް ކަމަށެވެ.

އެޕަލް އިން މިހާތަނަށް ނެރުނު އެންމެ ކަޅު – އަނދިރި ޑިވައިސް - އޮތީ އައިޕެޑާއި މެކްބުކްސް އާއިލާގަ އެވެ. އައިފޯން 13 ޕްރޮގެ ކުލަ ލޮލަށް ސިފަ ކޮށް ދިނުމުގައި ހުރި ދަތިތަކާ ހެދި އެއްމެ ގާތްކުރާ ކުލަ ބުދެވެން އޮތީ ހެކްސްއިންނެވެ. އެއީ 121212# އެވެ. މިއީ އެޕަލްއިން ޑިވައިސެއްގައި މިހާތަނަށް ޖައްސާ އެންމެ އަނިދިރި ކުލަ ކަމަށް ބުނެވެ އެވެ.

އައިފޯން 13 އާ ގުޅުން ހުރި އެހެން ވާހަކަތަކުގެ ތެރޭގައި ބުނެވެނީ އައިފޯން 12 އާ އައިފޯން 13 ސައިޒުން އެއްވަރު ވާނެ ކަމަށެވެ. ސްކްރީން މަތީ ކޮޅުގައި އިންނަ ނޮޗް – އަނދިރި ހުސްތަން، ތަންކޮޅެއް ކުޑަވާނެ ކަމަށް ވެސް ބުނެވެ އެވެ.