މަރު

ފިޔާތޮށި އަހުމަދު މަނިކު އަވަހާރަވެއްޖެ

Jun 7, 2021
ފިޔާތޮށި އަހުމަދު މަނިކު
57.1%
0%
42.9%

އަހުމަދު ހުސެއިން މަނިކު -- ފިޔާތޮށި އަހުމަދު މަނިކު -- ކޮވިޑް ބަލީގައި މިއަދު އަވަހާރަ ވެއްޖެ އެވެ. އޭނާ އަވާހަރަވި އިރު އުމުރުން 102 އަހަރެވެ.

އަހުމަދު މަނިކު އަވާހަރަވި އިރު އުމުރުފުޅަކީ 102 އަހަރެވެ. އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާއި އަތޮޅުވެރިކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އަތޮޅުވެރިކަން ކުރެއްވީ ށ. އަތޮޅާއި ނ. އަތޮޅުގަ އެވެ.

ސަރުކާރުގެ ބައެއް އޮފީސްތަކުގެ އިސް މަގާމުތައް ވެސް ފުރުއްވެވި ފިޔާތޮށި އަހުމަދު މަނިކަކީ ދިވެހިންގެ ތެރެއިން މިއަދާ ހަމައަށް ދުނިޔޭގައި ތިއްބެވި އުމުރުން 100 އަހަރުން މަތީގެ މަދު ބޭފުޅުންގެ ތެރެއިން އެކެކެވެ.

އަހުމަދު މަނިކު މިއަދު އަވަހާރަވީ ދިވެހިންގެ މައި ހޮސްޕިޓަލް، ދަރުމަވަންތާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނި ކޮށެވެ.

އަހުމަދުމަނިކަކީ އަބްދުލްގައްޔޫމް ސީދީގެ ފަރާތްޕުޅުން ރައީސް މައުމޫނާއި ރައީސް އަބްދުﷲ ޔާމީންގެ ބޭބޭފުޅެކެވެ. އަހުމަދު މަނިކަށް ކާފަވިދާޅުވާ ބޭފުޅުންނާއި މުނިކާފަ ވިދާޅުވާ ބޭފުޅުންނާއެކު އާއިލާގައި 200 އަށްވުރެ ގިނަ ބޭފުޅުން ތިއްބަވަ އެވެ. އަހުމަދު މަނިކުގެ ބޭފުޅުންގެ ތެރެއިން އެންމެ ފާހަގަ ކުރެއްވެނީ ރާއްޖޭގެ ފުރަތަމަ ޕައިލެޓް، މުހައްމަދު ނައީމް (ޕައިލޮޓް ނައީމް) އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910