ދުނިޔެ

އައިއޯއެސް 15 ދައްކާލައިފި

އެޕަލްގެ ވޯލްޑް ވައިޑް ޑިވެކޮޕާސް ކޮންފަރެންސް 2021 ގައި އައިއޯއެސް 15 ދައްކާލައިފި އެވެ. އެހެން ނަމަވެސް އާންމުކޮށް ބޭނުންކުރަން ލިބޭވަރު ވާނީ އައިފޯން 13އާއެކު އެވެ.

އައިއޯއެސްގެ ކޮންމެ އަދަދެއް ކުރީ އަދަދުގެ މައްޗަށް ކާމިޔާބު ހޯދަނީ ބޭނުންކުރާ މީހުންނަށް ފަސޭހަކަޮށްދިނުމުންނެވެ. އައިއޯއެސް 15 ގައި ހުރި ގިނަ ފަސޭހަތަކުގެ ތެރެއިން ވެސް ފޭސް ޓައިމްގައި ހިމަނާފައި ހުރި އެންޑްރޮއިޑް އަދި ވިންޑޯޒްއާ ގުޅުންހުރި ފީޗާތައް ހިމެނެ އެވެ. ލިންކް ޗޭއާކޮށް ފޭސް ޓައިމް ކޯލްތަކުގައި ބައިވެރިވެވޭ ގޮތް ވަނީ ހަދާފަ އެެެވެ.

ޝެއާޕްލޭ އަކީ ވެސް ބަލާލަން ރަނގަޅު ފީޗާއެކެވެ. މިއީ އައިފޯން ބޭނުންކުރާ މީހުންނަށް ވަރަށް ކަމުދާ ފީޗާއަކަށް ވާނެ އެެވެ. ސްކްރީނާއި ކޮންޓެންޓް ރައްޓެހީންނާ ޝެއާކުރުމަކީ މަޖާ ކަމަކަށް ވެސް ވާނެ އެވެ.

އައިއޯއެސް 15 ގައި ވާދަވެރި އޮޕަރޭޓިން ސިސްޓަމްތަކުގައި މިހާރު ވެސް ހުރި ބައެއް ފީޗާތައް ވަނީ ތައާރުފުކޮށްފަ އެވެ. އެކަމަކު މިހުރިހާ ފީޗާތަކެއް އެކުވެ ލިއްބައިދޭ ތަޖުރިބާ ވާދަވެރިންނަށް ހިފަހައްޓައި ނުލެވޭނެ ކަމަށް އެޕަލުން ބުނެ އެވެ.

އައިއޯއެސް ގައި ހުރި ހުރިހާ މޮޅެއް ތަޖުރިބާކޮށްލެވޭނީ އައިފޯން 13 އަތަށް އެރުމުންނެވެ. ބީޓާ އަދަދުގައި ނެތް ކިތަންމެ ފަސޭހަކަމެއް، އޮމާންކަމެއް އޮރިޖިނަލް އަދަދުގައި ހުންނަނާ އެވެ. އެޕަލްއިން މިހާރު އައިއޯއެސް ޕޮލިޝްކުރަނީ އެވެ.