މީޑިއާނެޓް

މީޑިއާނެޓުން އެމްއެސްޓީވީ ލޯންޗުކޮށްފި

މީޑިއާނެޓުން އެމްއެސްޓީވީ ލޯންޗުކޮށްފި އެވެ.

އެމްއެސްޓީވީ ތައާރަފް ކުރީ މިޑިއާނެޓުގެ 16 ވަނަ އަހަރީ ދުވަހާއި ގުލުވައިގެންނެވެ.

މީޑިއާނެޓުން ބުނީ އެމްއެސްޓީވީ ތައާރަފު ކުރުމުގެ ބޭނުމަކީ ކަސްޓަމަރުންނަށް ފަސޭހަ އަދި ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.

މީޑިއާނެޓުން އަލަށް ތައާރަފް ކުރި އެމްއެސްޓީވީ މެދުވެރިކޮށް ޓީވީ ޗެނަލް ތަކުގެ އިތުރުން މީޑިއާނެޓް މަލްޓި ސްކްރީނުން ދައްކާ ކޮންޓެންޓް ލައިބްރަރީގައިވާ ޕްރޮގްރާމްތައް ވެސް ބަލައިލެވޭނެ އެވެ. މީގެތެރޭގައި ރޫމީ އާއި ޖަންނަތު ޕްރޮގްރާމާއި ލަމްސް ކިޗެން އާއި މަރިޔަމް ފަދަ ޕްރޮގްރާމް ތައް ހިމެނެ އެވެ.

އެމްއެސްޓީވީ ބޭނުން ކުރެވޭނި އެންރޮއިޑް ޓީވީ ތަކަށެވެ. އެމްއެސްޓީވީ އެޕްލިކޭޝަން ގޫގުލް ޕްލޭސްޓޯރުން ޑައުންލޯޑް ކުރެވޭނެ އެވެ. އެގޮތުން މި ހިދުމަތް ހޯދަން ޑީކޯޑަރު ބޭނުން ނުވާނެ ކަމަށްވެސް މީޑިއާނެޓުން މައުލޫމާތުދެ އެވެ. މިޑިއާނެޓުން ބުނީ މި ހިދުމަތް ހޯދަން އެޕްލިކޭޝަން ފޯމް ފުރުމުން މީޑިއާނެޓުގެ ޓެކްނީޝަނަކު ގޮސް ފައިބާ ނެޓްވޯކެއް ގުޅައިދޭނެ ކަމަށެވެ.

އެމްއެސްޓީވީ އަކީ ގިނަ ފީޗާތަކެއް ހިމެނޭ ގޮތަށް ހަދާފައިވާ އެޕްލިކޭޝަނެކެވެ. އެގޮތުން އެމްއެސްޓީވީ ޕްރޮގްރާމްތައް ބަލާއިރު ކެޗްއަޕް ސާވިސް ހިމެނޭ ޗެނަލްތަކުން ޕްރޮގްރާމްތައް ރިވައިންޑް ކުރުމާއި ޕޯސްކޮށް ޕްލޭ ކުރުން ފަދަ ފީޗާތައް ވެސް ބޭނުން ކުރެވޭނެ އެވެ.