ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ

Jun 8, 2021
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް: މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާނެ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވަން ނިންމަވައިފި އެވެ.

ނޫސްވެރިންގެ އެ ބައްދަލުވުން ބާއްވަން ހަމަޖައްސާފައި ވަނީ މިއަދު ހަވީރު 4:30 ގައެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މިއަދު ވާހަކަފުޅު ދައްކަވާނީ ކޮވިޑާ ގުޅިގެން ސަރުކާރުން އަޅާ އެންމެ ފަހުގެ ފިޔަވަޅުތަކާއި އަދި ސިޔާސަތުތަކަށް ގެންނަ ބަދަލުތަކާ ގުޅޭ ގޮތުން ކަމަށެވެ.

ރައީސް ސޯލިހް އެންމެ ފަހުން ނޫސްވެރިންނާ ބައްދަލު ކުރެއްވީ މިދިޔަ މޭ މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހުވެސް ރައީސް ސޯލިހް ވަނީ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ކުރަން ނިންމާފައި ހުރި ކަންކަމުގެ މައުލޫމާތު ހިއްސާ ކުރައްވާފަ އެވެ.

ކޮވިޑާ ގުޅިގެން ސަރުކާރުން މިދިޔަ މަހުގެ 23 ވަނަ ދުވަހު އެޅި ފިޔަވަޅުތަކުގެ މުއްދަތު މިއަދު ހަމަވާނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345