ޓެކްނޯލޮޖީ

ޔޫޓިއުބް ޝޯޓްސްއަށް މުހިއްމު ފީޗާއެއް

"ޓިކްޓޮކް" އާއި ވާދައަށް ޔޫޓިއުބުން އުފެއްދި "ޝޯޓްސް" އަށް ގިނަ ބަޔަކު ބޭނުންވެފައިވާ އާ ފީޗާއެއް ގެނައުމުގެ މަސައްކަތް ޔޫޓިއުބުން ކުރަމުން އެބަދެ އެވެ.

މި ފީޗާއަކީ ޔޫޓިއުބްގައި ހުރި ވީޑިއޯތަކުގެ އަޑު "ޝޯޓްސް" ގެ ވީޑިއޯ ތަކުގައި ބޭނުން ކުރެވޭ ގޮތަށް ހުޅުވާލުމެވެ.

އެހެން ޔޫޒާސްގެ ވީޑިއޯތަކުން އޯޑިއޯ ނަގައިގެން އަމިއްލަ ވީޑިއޯ ހެދުމަކީ ޓިކްޓޮކް މަޝްހޫރުވި އެއް ސަބަބެވެ. އަދި މި ފީޗާގެ ސަބަބުން ވަރަށް ތަފާތު ހެއްވާ މަޖާ ކޮންޓެންޓް އުފެއްދުމުގެ ފުރުސަތު ލިބިގެންދެ އެވެ.

ޔޫޓިއުބް ޝޯޓްސްގައި ވެސް އެހެން ޝޯޓްސް ވީޑިއޯ ތަކުގައިވާ އަޑުތައް ބޭނުން ކޮށްގެން ވީޑިއޯ ކުރިން ވެސް ހެދެ އެވެ. ނަމަވެސް މިފަހަރު މިގެންނަ ބަދަލަކީ ޔޫޓިއުބްގައިވާ ވީޑިއޯތައް ސާޗް ކޮށްގެން އެ ވީޑިއޯތަކުން އޯޑިއޯ ނެގޭ ގޮތް ހެދުމެވެ.

ޔޫޓިއުބުން ވަނީ މި ފީޗާ ޔޫޓިއުބް ޝޯޓްސްއަށް ގެންނަން މެއި މަހު އެކުންފުނީގެ ކޮމިއުނިޓީ ޕޯސްޓެއްގައި އިއުލާންކޮށްފަ އެވެ. ނަމަވެސް ޔޫޓިއުބުން ބުނާ ގޮތުގައި މި ފީޗާ ދަނީ މިހާރު ވެސް އާންމުންނަށް ދޫކުރަމުންނެވެ.

ދުނިޔޭގެ ބައެއް ހިސާބުތަކަށް މިހާރު މި ފީޗާ ލިބެމުން އެބަދެ އެވެ. އާޖެންޓީނާ، މެކްސިކޯ އަދި ބްރެޒިލް ފަދަ ގައުމުތައް މި ލިސްޓްގައި ހިމެނެ އެވެ. ޅި ދުނިޔެއަށް މި ފީޗާ ދޫކުރާނީ ކުރަންޖެހޭ ޓެސްޓްތަކާއި ރަނގަޅު ކުރަންޖެހޭ ކަންކަން ހައްލުކުރުމަށް ފަހު އެވެ.