މާލޭ ސިޓީ ކައުންސިލް

ޑަބްލިއުޑީސީގެ ރައީސަކަށް ޝިފާ

މާލެ ސިޓީ ކައުންސިލުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) ގެ ރައީސަކަށް ފާތިމަތު ޝިފާ އިންތިހާބު ކޮށްފި އެވެ.

މިއަދު ކުރިއަށް ގެންދިޔަ އިންތިހާބުގައި ޑަބްލިއުޑީސީގެ ރައީސަކަށް ފާތިމަތު ޝިފާ އިންތިހާބު ކޮށްފައިވާއިރު ނާއިބު ރައީސަކަށް އިންތިހާބުވީ އައިމިނަތު އީމާން އެވެ. އިންތިހާބު ކާމިޔާބު ކުރެއްވި ދެ މެންބަރުންނަށްވެސް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ މަރުހަބާ ވިދާޅުވެފައެވެ.

މުއިއްޒު ވިދާޅުވީ މާލޭގެ ތަރައްގީގައި އަންހެނުންގެ ދައުރު އަންހެނުންގެ ކޮމެޓީއާއެކު ފުރިހަމައަށް ކަަށަވަރު ކުރާނެ ކަމަށެވެ.