ޔަހޫދީ އިޒްރޭލު ސިފައިން ފަލަސްތީންގައި ހިންގާ ނަން-ގަވާންމެންޓަލް އޮގަނައިޒޭޝަން - އެންޖީއޯތައް ބަންދު ކުރަން ފަށައިފި އެވެ. ހުޅނަގު އައްސޭރީގައި، ރާމަﷲ ގައި ހިންގާ ފަލަސްތީނުގެ އެންޖީއޯއެއް ކަމަށްވާ ހެލްތު ވޯކް ކޮމިޓީ ވެސް ވަނީ ހަރަކާތްތައް ނުހިންގޭ ގޮތަށް ހަމަހަށް ބަންދު ކޮށްފަ އެވެ.
ހެލްތު ވޯކް ކޮމިޓީ އޮފިޝަލަކު މީޑިއާއަށް ވިދާޅުވީ އިޒްރޭލު ސިފައިންގެ ބައިނގަޑެއް ހަތިޔާރާއެކު އެ އޮފީހަށް ވަދެގަނެ ލޫޓުވައި މަސައްކަތް ކުރަން ބޭނުންކުރި ކޮމްޕިއުޓަރު ވެސް ގެންގޮސްފައިވާ ކަމަށެވެ. އޮފިޝަލް ވިދާޅުވީ ސަބަބެއް ކަމަށް އިޒުރޭލްގެ ސިފައިން ބުނީ "އެއީ ރައްކާތެރި ކަމަށްޓަކައި" ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ސިފައިން ނުކުމެގެން ދިޔައީ ދޮރުތައް ބަންދުކޮށް ތަޅުލައި އަދި ދޮރު ހުރަސްކޮށް ދަނގަޅު ފަތިގަނޑެއް ދެކަންޏަށް ވާ ގޮތަށް މަލަރުކޮށް ގޭސް ކަޓަރެއް ކަހަލަ އެއްޗަކުން ނޫން ގޮތަކަށް ނުހުޅުވޭ ގޮތް ހަދާފައި ކަމަށެވެ.
އެ އެންޖީއޯއިން ބުނީ އިޒްރޭލު ސިފައިން ފަލަސްތީނު އެންޖީއޯތައް – ޚާއްސަކޮށް ސިއްހީ ބޭނުންތަކާ ގުޅުންހުރި، ބަންދު ކުރަން ދައްކާނެ ހުއްޖަތެއް ނޯންނާނެ ކަމަށާއި އޭގެ މަގުސަދަކީ ރުޅިއަރުވައި ޖެއްސުން ކުރުން ކަމަށެވެ. ފަލަސްތީން ރައްޔިތުންނަށް ހިލޭ ހިދުމަތްދިނުމަކީ ވެސް އިޒްރޭލު ޔަހޫދީން ރުޅިން މަރުވާ ވަރުގެ ކަމެއް ކަމަށެވެ.
ހެލްތު ވޯކް ކޮމިޓީގެ އޮފީސްތައް ހުޅަނގު އައްސޭރިއާ ގާޒާގައި ހުރެ އެވެ. މި އޮފީސްތަކުން ފޯރު ކޮށްދެނީ ސިއްހީ އަދި އިޖުތިމާއީ ހެދި ބޮޑުވުމާ ބެހޭ މައުލޫމާތައި ހިދުމަތްތަކެވެ. މިއީ އިޒްރޭލު ސިފައިން ދޭތެރެ ދޭތެރެއިން ބަލާ ފާސް ކުރާ އޮފީސްތަކެކެވެ.
ޔަހޫދީ ސިފައިން އޮކްޓޯބަރު 2019 ގައި ހެލްތު ވޯކް ކޮމިޓީއަށް ވަދެގަނެ ފައިނޭޝަން ޑައިރެކްޓަރު ވެސް ވަނީ ހައްޔަރު ކޮށްފަ އެވެ.