ޓެކްސް

ޓީޖީއެސްޓީ އާއި ގްރީން ޓެކުސް ދައްކަން އިތުރު ވަގުތު

Jun 10, 2021
1

ޓޫރިޒަމް ދާއިރާއިން ނަގާ ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ދެއްކުން މި މަހުގެ 15 އިގެ ނިޔަލަށް ފަސްކޮށް ދީފި އެވެ.

މީރާއިން ބުނީ ކޮވިޑް-19 އާ ގުޅިގެން ޓެކްސް ދައްކާ ފަރާތްތަކަށް ދިމާވެފައިވާ ފަތިތަކަށް ރިއާޔަތްކޮށް، މި އަހަރުގެ އެޕްރީލް މަހަށް ހުށަހަޅަން ޖެހޭ ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ބަޔާން އަދި މި ދެ ޓެކުހަށް ދައްކަން ޖެހޭ ފައިސާ ދެއްކުން މި މަހުގެ 15 ގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަމަށެވެ.

މީރާއިން ބުނީ އޮންލައިންކޮށް ޓެކްސް ބަޔާން ހުށަހެޅުމާއި ޓެކްސް ދައްކަން ލާޒިމްކޮށްފައިވާ ޓެކްސްތައް ފިޔަވައި އެ ނޫން ޓެކްސްތަކުގެ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިތަކާއި މީރާއަށް ބަލައި ގަންނަ އެހެނިހެން ފައިސާ ދެއްކުމުގެ ސުންގަޑިތަކުގެ ތެރެއިން މިދިޔަ މަހުގެ 27 އިން ފެށިގެން އެ އޮތޯރިޓީގެ ކައުންޓަރު ހުޅުވައިގެން ހިދުމަތްދޭން ފަށާ ދުވަހާ ދެމެދު އަންނަ ޓެކުހުގެ ސުންގަޑިތައް ވެސް ފަސްކޮށްދޭނެ ކަމަށެވެ.

ޓެކްސް ދެއްކުމަށް މީރާއިން ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދޭއިރު އޮންލައިންކޮށް ޓެކްސް ދެއްކޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފަ އެވެ. މީރާގެ އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް "ވާރުޕޭ" އިން ފައިސާ ދެއްކޭނެ އެވެ.