ލައިފްސްޓައިލް

ލީޝާ އެހީވެ ދެނީ ހިތާމައިން އަރައިގަންނަން

އެކަކުވެސް ވަކިވެ ދިއުމަކީ ދެރައެކެވެ، އަދި ގާތް މީހަކު ވަކިވުމަކީ ވަރަށް ފުން ހިތާމައެއް ލިބެ އެވެ؛ ކޮވިޑް-19 ގައި ސަބަބަން ދިރުއުޅުމަށް ވަރަށް ހިތްދަތި އަސަރު ކޮށްފި އެވެ. ވަޒީފާ ގެއްލުމާއި ރަށަށް ބަދަލުވާން ޖެހުމާއި ބަލީގައި އާއިލާ އާއި ލޯބިވާ މީހުން ދުނިޔެއިން ވަކިވެގެން ދިޔުން ފަދަ ކަންކަމާ ހެދި ވަރަށް ގިނަ ބަޔަކު ދަނީ ވޭން އުފުލަމުންނެވެ.

ބައެއް ފަހަރަށް ހިތާމައިގެ ތެރޭ އުޅޭއިރު ލިބޭ ހިތްދަތިކަމާއި ހިތާމައިގެ އިހުސާސްތައް ކޮންޓްރޯލްކޮށް ވަކި މިންގަނޑެއްގައި ބަހައްޓައި އެއިން އަރައިގަތުމަށް އުނދަގޫވެ އެވެ. އެކަމަކު އުނދަގުލުގައި އުޅެން ވެސް ދަސް ކުރަން ޖެހެ އެވެ. އެފަދަ ކަންކަމަށް އެހީތެރިވެ ދެވޭނެ އެއް ބަޔަކީ ހައްވާ ލީޝާ ފަދަ ސައިކްލޮޖިކަލް އެހީ ވެދޭ ކައުންސެލަރުންނެވެ.

ލީޝާ ވިދާޅުވާ ގޮތުގައި "ގްރީފް ކައުންސެލިން" ގެ ސަބަބުން ކޮންމެ މީހަކަށް ވެސް ހިތާމައިގެ ހާލަތުން އަރައިގަތުމަށް އެހީއަކަށް އެކަން ވެއެވެ. އަދި އޭގެ ސަބަބުނބް ހިތާއި ސިކުނޑިއަށް ލުއި ލިބެ އެވެ. އެހެން ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި އާއިލާ މީހުނާއި ލޯބިވާ މީހުނާއި ރަހުމަތްތެރިން އަދި އެކުގައި މަސައްކަތްކޮށް އުޅުނު މީހަކު ދުނިޔެ ދޫކުރުމުން އުނދަގޫ އިހުސާސްތަކެއް ކުރިމަތިވާނެ އެވެ.

"ބައެއް ފަހަރު ކުއްލި މަރުތަކާއެކު މީހާއަށް ކުއްލި ސިހުން ލިބި ޝޮކަކަށް ދާ ފަހަރު އާދޭ،" ލީޝާ ވިދާޅުވި އެވެ.

ލީޝާ ވިދާޅުވި ގޮތުގައި އެފަދަ ހާލަތަކީ އެއްވެސް މީހަކު ބެނުންވާ ގޮތަކަށް ނުވާއިރު ކޮވިޑް-19 އާއެކު އަންނަ މަރުތަކާއެކު އެކި ކަހަލަ ގޮންޖެހުންތަކާއި ހިތާމަ ކުރަމަތިވަމުން ދެއެވެ. އެ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފި އެވެ.

"ގާތް މީހެއް ވަކިވެ ދިއުމުން އެކި މީހުން ރިއެކްޓް ކުރާ ގޮތް ތަފާތުވޭ. އެކި މީހުން މަރާއި ގުޅޭ ގޮތުން ހިތާމަ ފާޅު ކުރަނީ އެކި ގޮަތަށް. މިގޮތުން އެއް ބަޔަކު ހިތާމާތައް ހިއްސާ ކުރޭ. އަނެއް ބަޔަކު އެމީހުން ޝުއޫރުތައް ހިފަހައްޓާ. ގާތް މީހެއްގެ މަަރާއެކު ވަރަށް ބޮޑަށް ނުތަނަވަސްކަން އިހްސާސްވެ އަރައިގަންނަން އުނދަގޫވާ ފަހަރާއި ބަލައިގަންނަނަ ބޭނުން ނުވެވެސް ހިނގައިދޭ،" އޭނާ ވިދާޅުވި އެވެ. "ޝޮކްގެ ސަބަބުން އެ ވަގުތު ބަސް މަގާއި އަމަލުތައް ބަހައްޓަންވީ ގޮތް ވެސް ނޭނގި އެބަ ދޭ. ބައެއް މީހުން ދިގު މުއްދަތަކަށް ހިތާމަ ކުރޭ. އަދި ބައެއް ފަރާތްތައް ހިތާމައިން އަރައިނުގަނެވި ނަފްސާނީ ބަލި މަޑު ކަމަކަަށް އެބަދޭ."

ލީޝާ ވިދާޅުވާ ގޮތުގައި ގްރީވް / ހިތާމައިން އަރައިގަތުމަށް ވަކި އާންމު މުއްދަތެއް ނޯވެ އެވެ. އަދި މިގޮތަށް ހިތާމަ ކުރާ މީހަކަށް އެ ހިތާމައިން އަރައިގަންނަން މަސައްކަތް ކުރާއިރު އެމީހަކަށް ވަގުތު ދޭން ޖެެހެ އެވެ. އެއީ ވަރަށް ނެޗުރަލް ޕްރޮސެސް އެކެވެ.

ޝޮކްގެ ސަބަބުން އެ ވަގުތު ބަސް މަގާއި އަމަލުތައް ބަހައްޓަންވީ ގޮތް ވެސް ނޭނގި އެބަ ދޭ. ބައެއް މީހުން ދިގު މުއްދަތަކަށް ހިތާމަ ކުރޭ. އަދި ބައެއް ފަރާތްތައް ހިތާމައިން އަރައިނުގަނެވި ނަފްސާނީ ބަލި މަޑު ކަމަކަަށް އެބަދޭ،
ހައްވާ ލީޝާ | ކައުންސެލާ

ލީޝާ ވިދާޅުވި ގޮތުގައި ހިތާމާގައި ފުރުސަތު ދިނުން މުހިއްމުވެ އެވެ. ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ވާހަކަ އަޑުއަހާލާ، އޭނާގެ ދިރިއުޅުމުގައި ހިތާމައިގެ ސަބަބުން ބުރު އަރާފާނެ ކަންކަން ކޮށްދީ ހާލު ބަލާލައި އިހްސާސްތައް ދަންނަ މީހަކު ކަމުގައިވެ ބޭނުންވާ ސަޕޯޓް ދޭން ޖެހެ އެވެ.

އެކަކު އަނެކަަކަށް ހާލު ބެލުމާއި އަޅާލުމާއި ލޯބި މަދުވެފައިވާ އަދި ގުޅުންތަކުގެ ބަދަހި ކަން ގެއްލިފައިވާ މި ދަނޑިވަޅުގައި އެކަކު އަނެކަކަށް ސަޕޯޓް ދޭ ނެޓްވޯކްތަކެއް ބިނާ ކުރުން މުހިއްމެވެ، އެއީ ލީޝާ ފާހަގަކޮށް ދެއްވާ ނުކުތާ އެވެ.