ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ގެއަށް ވަޑައިގަންނަވަމުން ސޯލިހްގެ އަގުހުރި ނަސޭހަތެއް ރައީސް މުއިއްޒަށް

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް
66.7%
0%
33.3%

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިންމަވާ ވަޑައިގަންނަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އަގުހުރި ނަސޭހަތެއް ދެއްވައިފި އެވެ.

ރައީސްކަމުގެ އެންމެ ފަހު ދުވަހު ރައީސް ސޯލިހްގެ އަތްޕުޅުން ލިޔުއްވި މި ނަސޭހަތުގެ ބަސްކޮޅުގެ ސިޓީ ބޭއްވެވީ ރައީސުލްޖުމްހޫރިއްޔާގެ މޭޒުކޮޅު މަތީގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމަކީ ވަރަށް ބޮޑު އަމާނާތެއް އަދި ބޮޑު މަސްއޫލިއްޔަތެއް ކަމަށް މި ސިޓީގައި ރައީސް ސޯލިހް ވަނީ ރައީސް މުއިއްޒަށް ހަނދާންކޮށްދެއްވާފަ އެވެ.

"މި މަގާމާ ހަވާލުވާ ކޮންމެ މީހަކުވެސް އަބަދުމެ މަސައްކަތް ކުރަންވާނީ އެއްވެސް ރައްޔިތަކު ތަފާތު ނުކޮށް، އިހްލާސްތެރިކަމާއެކު ގައުމަށް ހިދުމަތް ކުރުމަށެވެ. ކޮންމެ ކަމެއްގައިވެސް އިސްލާމް ދީނާއި ގައުމީ މަސްލަހަތު އިސްކުރުމަށެވެ،" ރައީސް ސޯލިހްގެ ސިޓީގައިވެ އެވެ.

އުނދަގޫ ވަގުތުތަކާ ކުރިމަތިލާން ޖެހޭނެކަން ހަނދާންކޮށްދެއްވާ ބޭނުންވާ ގޮތަށް ކަންތައްޔައް ނިންމަން ދަތިވާ ވަގުތުތައް އަންނާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

"އަދި ތިމާ ބޭނުންނުވާ ގޮތަށް ކަންތައްތައް ނިންމަންޖެހޭ ވަގުތުތަކާވެސް ބައްދަލުވާނެ އެެވެ. އެއިން ކޮންމެ ވަގުތެއްގައިވެސް އިސްކުރަން ވާނީ ރައްޔިތުންގެ ހައްގުތަކާ ގައުމީ މަސްލަހަތެވެ،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް މުއިއްޒަށް ލިޔުއްވި ސިޓީގައި ރައީސް ސޯލިހް ވަނީ ތިމާއަކީ ރައްޔިތުންގެ ހާދިމެއްކަން އަބަދުވެސް ހަނދުމަފުޅުގައި ބެހެއްޓެވުމަށާއި މަޝްވަރާކުރެއްވުމަށްވެސް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910