ހަބަރު

އުމްރާއަށް މީހުން ގެންދަން ފުރުސަތު ހުޅުވާލައިފި

އަންނަ އަހަރު ރާއްޖެއިން މީހުން އުމްރާއަށް ގެންދަން ބޭނުންވާ ފަަރާތްތަކަށް އިސްލާމިކް މިނިސްޓްރީން އެ ފުރުސަތު ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އުމްރާއަށް މީހުން ގެންދަން ބޭނުންވާ ފަރާތްތަކުން އެކަމާ ގުޅޭ ޕްރޮޕޯސަލް ފޮނުވުމުގެ ފުރުސަތު އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހާ ހަމަޔަށް ހުޅުވާލާފައިވާ ކަމަށެވެ.

އެހެންކަމުން އެކަމަށް އެދޭ ފަރާތްތަކުން މި މުއްދަތުގެ ތެރޭގައި މިނިިސްޓްރީ އަށް ޕްރޮޕޯސަލް ހުށަހެޅުމަށް ވެސް އެ މިނިސްޓްރީން ވަނީ އެދިފަ އެވެ.

އުމްރާއަށް މީހުން ފޮނުވަން އެދި ފޮނުވާ ޕްރޮޕޯސަލް ކޮންމެ ހަފުތާއެއްގެ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އާއި 12:00 އާ ދެމެދު އިސްލާމިކް މިނިސްޓްރީން ބަލައިގަންނާނެ އެވެ.

ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން ފައިނަލްކުރާނީ ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމާ ބެހޭ އުސޫލުގައި ބުނެފައިވާ ގޮތަށް ތައްޔާރުކޮށްފައިވާ ޕްރޮޕޯސަލްތައް ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.