ދުނިޔެ

ޕޫޓިންއަށް އަޅުގަނޑުގެ ސަލާމް ރައްދު ކޮށްދެއްވާތި: ޓްރަމްޕް

އެމެރިކާގެ ރައީސް ޖޯ ބައިޑަން މަގާމާ ހަވާލުވެ ވަޑައިގެން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުގައި މިހާރު އުޅުއްވަނި އިނިގިރޭސިވިލާތުގަ އެވެ. އެއީ ޖޫން 11-13 އަށް އިނގިރޭސިވިލާތުގައި އޮންނަ ޖީ7 ގައުމުތަކުގެ ވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

ޖޯ ބައިޑަން މިމަހު 16 ގައި، ސްވިޒަލޭޑްންގެ ޖެނީވާއަށް ވަޑައިގެން ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ ބައްދަލުކުރައް ގޮތަށް އޮތީ ހަމަޖެހިފަ އެވެ. މިބައްދަލުކުރެއްވުމުގެ އެންމެ ބޮޑު ބޭނުމަނީ އެމެރިކާއާ ރަޝިއާއާ ދެމެދުގައި ފިކުރީ ގޮތުން ހުރި ތަފާތުތައް ނައްތާލުމެވެ. ދުނިޔޭގެ މަޝްރަހުގައި ދެގައުމުގެ ޝައުރުވެރިކަން ކަފިވެފައި ވާތީ އެއްގަލަށް އެރެން ހުރި ކަންތައްތަކާ ބެހޭ ބޮތުން މަޝްވަރާކުރެއްވުމެވެ.

އެމެރިކާގެ ރައީސެއް ކަމަކު ޕޫޓިންއާ ބައްދަލުކުރެއްވުމަކީ ޖޯ ބައިޑަންއަށް ވެސް ފަސޭހަފުޅު ކަމަށް ނުވާނެކަން އެންމެ ބޮޑަށް އެނގިވަޑައިގަންނަވާނީ އެމެރިކާގައި ކުރިން ރައިސްކަން ކުރައްވައި ޕޫޓިންއާ ބައްދަލުކުރެއްވި ބޭފުޅުންނަށެވެ؛ ޑޮނަލްޑް ޓްރަމްޕަށާއި ބާރަކް އޮބާމާއަށެވެ.

ޑޮލަޑް ޓްރަމްޕް ދެކެވަޑައިގަންނަވާ ގޮތުގައި ޕޫޓިންއާ ބައްްދަލުކުރައްވަން ބައިޑަންއަށް ލިބިވަޑައިގަންނަވާ ފުރުސަތު ވަރަށް ރަނގަޅަށް ބޭނުންހިއްޕަވަން ވާނެ އެވެ. ޓްރަމްޕްގެ މިކަންބޮޑުވާއެކު ސަމާލުވެ ވަޑައިގަތުމަށް ބައިޑަންއަށް ވަނީ ދަންނަވާފަ އެވެ.

ޕޫޓިންއާ ބައްދަލުކުރެއްވުމުގައި ލޯފުޅު ވަރަށް ރަނގަޅަށް ހުޅުއްވައިގެން އިންނެވުމަށް ޓްރަމްޕް ވަނީ ބައިޑަންއަށް ނަސޭހަތްތެރިވެ ވަޑައިގެންފަ އެވެ. ޓްރަމްޕް ވިދާޅުވީ ތާއްޔާޖެހި ވައިގެންފާނެ ކަމަށް ސަމާލުވެ ވަޑައިގެންނެވުމަށާއި އެމަނިކުފާނުގެ ހެޔޮއެދުމާއި ސަލާމް ޕޫޓިއަށް ދެންނެވުމަށެވެ.

ބައިޑަންގެ ލިސްޓްގައި މަޝްވަރާކުރެއްވުމަށް ހުރި މައުލޫތަކުގެ ތެރޭގައި ހަތިޔާރު ކޮންޓްރޯލްކުރުމާއި ނޯޑްސްޓްރީމް 2 ޕައިޕްލައިނާއި އަދި ޔުކްރޭންގެ މައްސަލަތައް ހިމެނެ އެވެ. މިބައްދަލުވުމާ ބެހޭ ގޮތުން ރަޝިއާގެ ފޮރިން މިނިސްޓަަރު ސަރުގޭ ލަވްރޯފް ވިދާޅުވީ އެމެރިކާއިން ހަދާފައި ހުރި ގޯސްތައް ގައްދަލުވުން ފެށުމުގެ ކުރިން މުރާޖައާކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.