އުރީދޫ ކަސްޓަމަރުންނަށް ސޮނީ ލިވް އިން ޔޫރޯ ފުޓްބޯޅަ މުބާރާތް ބަލައިލުމުގެ ފުރުސަތު ފަހިވެއްޖެ އެވެ.
އުރީދޫގެ ކަސްޓަމަރުންނަށް މި ހިދުމަތް ލިބިގެން ގޮސްފައިވަނީ އުރީދޫއާއި އޭޝިއާގެ މަޝްހޫރު ސްޓްރީމިން ޕްލެޓްފޯމެއް ކަމުގައިވާ ސޮނީލިވްއާ ދެމެދު ހެދި ޕާޓްނާޝިޕް އެއްބަސްވުމެއްގެ ދަށުންނެވެ.
މި ހާއްސަ ޕާޓްނާޝިޕްގެ ދަށުން އުރީދޫ ކަސްޓަމަރުންނަށް މިހާރު ވަނީ ސޮނީ ލިވް ޕްރީމިއަމް މަންތްލީ ސަބްސްކްރިޕްޝަންއާއި އެކު މެޗުތައް ބަލާލުމަށް 20ޖީބީގެ ޑޭޓާ 250 ރުފިޔާ އަށް ލިބޭ ހާއްސަ ޕެކޭޖެއް "ޔޫރޯ 2020 ޕެކް"ގެ ނަމުގައި ތައާރަފްކޮށްފަ އެވެ. އަދި 30 ދުވަހުގެ މުއްދަތަށް ބެނުންކުރެވޭ މި ޕެކް ނަގާ ކަސްޓަމަރުންނަށް ސޮނީ ލިވް ޕްރީމިއަމް ކޮންޓެންޓްގެ އިތުރުން ނެޓްފްލިކްސް އާއި އައިފްލިކްސް އަދި ޓިކްޓޮކްގެ އިތުރުން ސައުންޑްކްލައުޑް އަދި ސްޕޮޓިފައި ވެސް ބޭނުންކުރެވޭނެ އެވެ.
މީގެ އިތުރުން ފުޓްބޯޅައަށް ލޯބިކުރާ މީހުންނަށް ހާއްސަ ހަދިޔާއެއްގެ ގޮތުން އާޗާ ޕޯސްޓްޕެއިޑް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށާއި އާޗާ ޕްރިޕެއިޑް 2ޖީބީޑޭ މަންތްލީ ޕްލޭން، ސުޕަނެޓް 50އެމް އަދި 100އެމް ގެންގުޅޭ ކަސްޓަމަރުންނަށް ވެސް ސޮނީ ލިވް ޕްރީމިއަމް ކޮންޓެންޓަށް ސަބްސްކްރައިބް ކުރުމުގެ ފުރުސަތު މުޅިން ހިލޭ ލިބިގެންދާނެ އެވެ.
އާޗާ ޕޯސްޓްޕެއިޑް ގެންގުޅޭ މީހުންނަށް ސޯޝަލްމީޑިއާއަށް ހާއްސަ ކުރެވިފައިވާ ޑޭޓާ ބޭނުންކޮށްގެން ޔޫރޯ 2020ގެ މެޗުތައް ސޮނީ ލިވް މެދުވެރިކޮށް ބައްލަވާލެވޭނެ އެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވި ގޮތުގައި ފުޓުބޯޅަ އަކީ ފެށުނީއްސުރެ ދިވެހިންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދީ އެއްބައިވަންތަކަމުގެ ރޫހު އާލާ ކުރުވާ ކުޅިވަރެއް ކަމަށްވާތީ ދިގު އިންތިޒާރަކަށްފަހު ދުނިޔޭގެ އެކި ހިސާބުތަކުން ޔޫއެފާ ޔޫރޯ 2020ގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު ފޯރީގައި މެޗު ބަލައިލުމުގެ ފުރުސަތު އުރީދޫ ކަސްޓަމަރުންނަށް ލިބޭނެ އެވެ،
"ކޮންމެތާކު ތިބެގެންވެސް ޔޫރޯ 2020ގެ މެޗުތައް ބަލާލުމުގެ ފުރުސަތު އިތުރަށް ފަހިވެގެންދާނެ. އަޅުގަނޑުމެންގެ އުއްމީދަކީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ގޮތުގައި ޔޫރޯ މުބާރާތް ތަޖުރިބާކުރުމުގެ ފުރުސަތު ހޯދައިދިނުން،" ނިޔާޒު ވިދާޅުވި އެވެ.
ވަރަށް ހާއްސަ އޮފާތަކެއް ވަނީ ދީފައި
އުރީދޫން ދީފައިވާ މި ހާއްސަ އޮފާގެ ދަށުން އާޗާ ޕޯސްޓްޕެއިޑް 600، އާޗާ ޕޯސްޓްޕެއިޑް 800، އާޗާ ޕްރިޕެއިޑް 2ޖީބީޑޭ މަންތްލީ ސުޕަނެޓް 50އެމް އަދި 100އެމް އަށް ސަބްސްކްރައިބް ކޮށްފައިވާ ކަސްޓަމަރުންނަށާއި އަލަށް ސަބްސްކްރައިބް ކުރާ މީހުންނަށް މިއަދުން ފެށިގެން ސޮނީ ލިވްގެ ޕްރީމިއަމް ކޮންޓެންޓަށް އެއްމަސް ދުވަހުގެ ސަބްސްކްރިޕްޝަން މުޅިން ހިލޭ ލިބޭނެ އެވެ. އަދި އާޗާ ޕޯސްޓްޕެއިޑް 1000 ގެންގުޅޭ މީހުންނާއި އަލަށް ނަގާ މީހުންނަށް އެއް ދުވަހުގެ ހިލޭ ސަބްސްކްރިޕްޝަން ލިބޭނެ އެވެ.
ސޮނީ ލިވް އަކީ ސޮނީ ޕިކްޗާސް އިން ފޯރުކޮށްދޭ ޕްރީމިއަމް ވީޑިއޯ އޮން ޑިމާންޑް ޚިދުމަތެކެވެ. އެއް ސަބްކްރިޕްޝަނަކުން ގިނަ ޑިވައިސްތަކެއް މެދުވެރިކޮށް ސްޓްރީމް ކުރެވޭއިރު، މި ޕްލެޓްފޯމްގައި 20 އަހަރުގެ މަގުބޫލު އެތައް ޓީވީ ޝޯތަކާއި ސީރީޒް، ފިލްމު އަދި ކުޅިވަރު ޕްރޮގްރާމްތަކާއި ޗެނަލްތައް ބަލައިލެވެން ހުރެ އެވެ.
ޔޫރޯ ޕެކް އަދި އާޗާ ޕޯސްޓްޕެއިޑާއި އާޗާ ޕްރިޕެއިޑް އަދި ސުޕަނެޓްގެ ހިދުމަތް ހޯދުމަށް އުރީދޫ ވެބްސައިޓުން ލިބޭނެ އެވެ. މީގެ އިތުރުން އިތުރު މައުލޫމާތު ހޯދާލުމަށް މި ސައިޓުން ލިބެ އެވެ.