މާލޭ ސިޓީ ކައުންސިލް

މާލޭގެ ލޭންޑް ޔޫސް ޕްލޭންއަށް ހިޔާލު ހޯދަނީ

ލާމަރުކަޒީ ގާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ މާލޭގެ ލޭންޑް ޔޫސް ޕްލޭންއަށް ހިޔާލު ހޯދަން ނިންމައިފި އެވެ.

މާލޭ ސިޓީ ކައުންސިލްއިން ބުނީ އެކަމާ ގުޅޭ ބައްދަލުވުމެއް އަންނަ އަންގާރަ ދުވަހުގެ ރޭ 08:30 ގައި އޮންލައިންކޮށް ބާއްވަން މިހާރު ތާވަލުކޮށްފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ މާލޭގެ ރައްޔިތުންނަށް "ޒޫމް" މެދުވެރިކޮށް ބައިވެެރިވެވޭނެ އެވެ.

މާލޭގެ މޭޔަރުކަަމަށް ޑރ. މުހައްމަދު މުއިއްޒު އިންތިހާބުވެޑައިގަތް ފަހުން މާލޭ ސިޓީގެ ކަންތައްތަަކަށް ބޮޑެތި ބަދަލުތަކެއް ދަނީ ގެންނަމުން ނެވެ. އެ ބަދަލުތައް ގެންނަމުން ދަނީ އެކި ފަރާތްތަކާއެކު މަޝްވަރާތައްވެސް ބޭއްވުމަށް ފަހު އެވެ.

ނިމިގެން ދިޔަ ސަރުކާރުގައި ހައުސިން މިނިސްޓަރުކަން ވެސް ކުރެއްވި ޑރ. މުއިއްޒު މީގެ ކުރިން ވިދާޅުވީ އޭނާގެ މޭޔަރުކަމުގައި މާލޭގެ ރައްޔިތުން ގެދޮރުވެރިކުރަން ކުރައްވަން ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަަމަށެވެ. އެކަމާ ގުޅޭގޮތުން މުއިއްޒު މިހާރު ގެންދަވަނީ ސަރުކާރާ މަޝްވަރާވެސް ކުރައްވަމުން ނެވެ.