ދުނިޔެ

މެމްބަރުންގެ ފޯނު ހުޅުވަން ޓްރަމްޕް ސަރުކާރު އެދުނު: އެޕަލް

އެމެރިކާގެ ކުރީ ރައީސް ޑޮނަލްޑް ޓްރަމްޕް (ކ) އަދި އެޕަލްގެ ސީއީއޯ ޓިމް ކުކް: ފަރުދީ މައުލޫމާތު ހޯދަން ސަރުކާރުތަކުން އެދޭ
0%
0%
0%

އެމެރިކާ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުންގެ ފޯނުގައި ހުރި މައުލޫމަތު ހޯދައި ދޭން ޑިޕާޓްމަންޓް އޮފް ޖަސްޓިހުން އެދުނު ކަމަށް އެޕަލްއިން ބުނެފި އެވެ.

އެޕަލްއިން ބުނީ 73 ފޯނަކުން މައުލޫމާތު ނަގައި ދިނުމަށާއި 36 އީމެއިލް އެޑްރެހެއް ހޯދައި ދޭން ޖަސްޓިސް ޑިޕާޓްމަންޓުން 2018 ގައި އެދުނު ކަމަށެވެ.

ފަރުދީ މައުލޫމާތު ހޯދަން ޖުޑިޝަރީ މެދުވެރިކޮށް ރައީސް ޓްރަމްޕް ސަރުކާރުން މަސައްކަތްކުރި ކަމަށާއި ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ޑިމޮކްރެޓިކް ޕާޓީ މެންބަރުންގެ ފޯނުން މައުލޫމާތު ނެގުމަށް އެދުނުއިރު އެއީ ކޮން ބަޔަކު ބޭނުން ކުރާ ފޯނެއް ނުވަތަ އީމެއިލެއްކަން ނޭނގޭ ކަމަށެވެ.

ސަރުކާރުން އެދުނު އެދުމުގެ މަތިން ޝައުރީ ހުކުމާ އެއްގޮތަށް އެޕަލްއިން ފޯރުކޮށް ދިނީ ކިހާ މައުލޫމާތެއް ކަމެއް އެޕަލްއަކުން ނުބުނެ އެވެ. މިއީ ހިނގައިގެން އުޅޭ ކަމެއް ކަމަށް ވެސް އެޕަލްއިން ކުރިން ނުބުނެ އެވެ. މި ވާހަކަތައް މިހާރު ދެކެވެން ފެށީ ނިއުޔޯކް ޓައިމްސްގައި މި ހަބުރު ލިޔުމާ ގުޅިގެންނެވެ. ނިއުޔޯކް ޓައިމްސްއިން ބުނަނީ ޓްރަމްޕް ސަރުކާރުން ޑިމޮކްރެޓުންގެ މައުލޫމާތު ހޯދަން އެޕަލްއަށް އަމުރުކުރި ކަމަށެވެ.

އެކަމާ ގުޅުވައި އެޕަލްއިން ބުނީ ފަރުދުންނާ ގުޅުން ހުރި މައުލޫމާތު ހޯދައި ދިނުމަކީ ދަތި އުނދަގޫ ކަމެއް ކަމަށާއި އެޕަލް ހިންގަނީ ޑިވައިސްތައް ބޭނުންކުރާ މީހުން ކުންފުންޏަށް ކުރާ އިތުބާރުން ކަމަށެވެ.

އައިފޯނުތައް ހުޅުވައި ވަކިވަކި ފަރުދުންގެ އައިކްލައުޑުން މައުލޫމާތު ނަގައި ދިނުމަށް އެޕަލްއަށް އޮންން ޕްރެޝަރު ވަރަށް ބޮޑެވެ. އެފްބީއައި އަދި ސީއައިއޭ ފަދަ ތަހުގީގީ އިދާރާތަކުން ވެސް ފަރުދުން އަދި ޚާއްސަކޮށް ކުށްވެރިންގެ މައުލޫމާތު ހޯދަން އެޕަލްއަށް ބާރުފޯރުވަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910