ޔުއެއާފާ ޔޫރޯ 2020

އޮސްޓްރިއާ އިން މެސެޑޯނިއާ މައްޗަށް ކުރި ހޯދައިފި

Jun 13, 2021

ޔޫރޯ ފުޓްބޯޅަ މުބާރާތުގަައި މިރޭ އޮސްޓްރިއާ އާއި ނޯތް މެސެޑޯނިއާ ބައްދަލުކުރި މެޗު އޮސްޓްރިއާ އިން ކާމިޔާބު ކޮށްފި އެވެ.

ގުރޫޕް ސީ ގެ ފުރަތަމަ މެޗު ނިމުނީ 3-1 އިންނެވެ. ރޫމެނިއާގެ ވެރިރަށުގައި ކުޅުނު މެޗުގެ ފުރަތަމަ ގޯލް ޖަހާ ކުރި ހޯދީވެސް އޮސްޓްރިއާ އިންނެވެ. އެއީ މެޗުގެ 28 ވަނަ މިނެޓްގައެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން މެސެޑޯނިއާއިން ވަނީ ގޯލެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެއީ 28 ވަނަ މިނެޓްގައެވެ.

މެޗުގެ 71 ވަނަ މިނެޓްގައި އޮސްޓްރިއާ އިން ވަނީ ލީޑު ނަގާފައެވެ. އަދި މެޗުގެ 89 ވަނަ މިނެޓްގައި އޮސްޓްރިއާގެ ވަނީ ތިންވަނަ ގޯލް ޖަހާ ގުރޫޕް ސީ ގެ ފުރަތަމަ ތިން ޕޮއިންޓް ހޯދި ޓީމަކަށް ވެފައެވެ.