މޯލްޑިވްސް ޕޮލިސް ސާވިސް

ހީލަތުން 60،000 ރުފިޔާ އަތުލި މީހަކު ހައްޔަރަށް

Jun 13, 2021
1

ހީލަތް ހަދައި އޮޅުވާލައިގެން 60،000 ރުފިޔާ ހޯދި މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ބީއެމްއެލްގެ ނަމުގައި ގުޅައިގެން މަކަރާއި ހީލަތުން 60،000 އަށް ވުރެ ގިނަ ރުފިޔާ ހޯދި މައްސަލައެއްގައި ދިވެއްސަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި ބުނީ 34 އަހަރުގެ އެ މީހާ ހައްޔަރު ކުރީ މި މަހުގެ ނުވަވަނަ ދުވަހު ކަމަށެވެ.

އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާ ފައެވެ.