މޯލްޑިވްސް ޕޮލިސް ސާވިސް

180000 ރުފިޔާ ވަގަށް ނެގި އަންހެނަކު ހޯދަނީ

މީހެއްގެ އެކައުންޓުން ވަގަށް 180000 ރުފިޔާ ނެގި މައްސަލައިގައި ތުހުމަތުވާ މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފި އެވެ.

ފުލުހުން ވަނީ ވަގަށް ރުފިޔާ ނެގި ކަމަށް ތުހުމަތުވާ މީހާގެ ވީޑިއޯއެއް ވެސް އާންމު ކޮށްފަ އެވެ. ފުލުހުން ހޯދަމުން ދަނީ އަންހެނެކެ އެވެ. އާންމު ކުރި ވީޑިއޯއިން ފެންނަނީ އެ އަންހެންމީހާ ރެސްޓޯރެންޓެއްގެ ތެރޭން ހިނގާފައިދާ ތަނެވެ. އޭނާ ހުންނަނީ ކަޅު ކުލައިގެ ދިގު ހެދުމެއް ލައިގެނެވެ.

ފުލުހުން ބުނީ އޭނާއަކީ ބޭންކް އެކައުންޓަކުން އޭގެ ވެރިފަރާތަށް ނޭނގި ވަގަށް 180000 ރުފިޔާ އެހެން އެކައުންޓަށް ޓްރާންސްފާ ކޮށްފައިވާ މީހެއް ކަމަށެވެ.