ޔުއެއާފާ ޔޫރޯ 2020

ސްލޮވާކިއާ އިން ފެށުން ރަނގަޅު ކޮށްފި

Jun 15, 2021

ޔުއެފާ ޔޫރޯ 2020 ގައި މިރޭ ކުޅުނު ދެވަނަ މެޗުގައި ޕޮލެންޑް ބަލިކޮށް ސްލޮވާކިއާ އިން މުބާރާތް ރަނގަޅަށް ފަށައިފި އެވެ.

ގުރޫޕް އީ ގެ ފުރަތަމަ މެޗުގައި މި ދެ ޓީމު ބައްދަލުކޮށް ސްލޮވާކިއާ އިން ކާމިޔާބު ހޯދީ 2-1 އިން އެވެ. އެ ގައުމުން ފުރަތަމަ ގޯލް ޖަހާ މެޗުގެ ކޮންޓްރޯލް ހޯދާފައިވަނީ 18 ވަނަ މިނެޓްގައެވެ. ނަމަވެސް މިއީ ޕޮލެންޑްގެ ކީޕަރަށް ހެދުނު ގޯހަކުން އޭނާގެ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

ފުރަތަމަ ހާފް ނިމިގެން ދިޔައީ އެ ނަތީޖާއިން ނަމަވެސް ރަނގަޅު ކުޅެމުން ދެއްކި ޕޮލެންޑުން ވަނީ ގޯލެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މުޅި މެޗުގައިވެސް ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެން ފެނިގެންދިޔަ ނަމަވެސް ދެވަނަ ހާފްގައި ޕޮލެންޑްގެ ޒެގޮޒް ކްރިހޯވިއަކު އަށް ދެވަނަ ރީދޫ ކާޑާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުން ޕޮލެންޑްގެ ކުޅުމަށް ވަރަށް ބޮޑަށް އަސަރު ކުރިއެވެ.

އޭގެ ފައިދާ ނަގާ އުފެއްދި ހަމަލާތަކުގައި ސްލޮވާކިއާ އިން ވަނީ އިތުުރު ގޯލެއް ޖަހާ މެޗުގެ ލީޑް ނަގާފައެވެ. މި ލަނޑު ޖެހީ މިލާން ސްކްރިނިއާ އެވެ.

މިރޭ ފަހު މެޗުގައި ކުޅެމުން ދަނީ ސްޕެއިންނާއި ސްވިޑުން އެވެ.