ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި ޕޮލިސް ކުލަބާއި ޕޯލްސްޓާ އަދި ދިއްދޫ ޓީނޭޖް ބޯއީސް އާއި ފޮނަދޫ ޒުވާނުންގެ ރޫހު ވާދަކުރަން ހަމަޖެހިއްޖެ އެވެ.
މި ގޮތަށް ހަމަޖެހުނީ ހަތް ޓީމު ވާދަކުރާ މުބާރާތުގައި ލީގު އުސޫލުން އެއްބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމު ސެމީ އަށް ދާގޮތަށް އޮތުމުންނެވެ. މުބާރާތުގެ ލީގު ބުރު ނިމޭނީ މިރޭ އެވެ.
ނަމަވެސް މާދަމާ ހަވީރު ކުޅޭ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ވާދަކުރާނީ ދިއްދޫ އާއި ފޮނަދޫ އެވެ. މި މެޗުން ބަލިވާ ޓީމެއް މުބާރާތުން ކަޓާނެ އެވެ. މޮޅުވާ ޓީމު ފައިނަލަށް ދާން ޖެހޭނީ މިރޭ ކުޅޭ ސެމީ ފައިނަލް ދެ ވަނަ މެޗުގައި ޕޮލިހާއި ޕޯލްސްޓާ މެޗުން ބަލިވާ ޓީމަކާއެކު ސެމީގެ ފަހު މެޗުގައި ކުޅޭށެވެ. މިރޭ ކުޅޭ މެޗުން މޮޅުވާ ޓީމަކަށް ސީދާ ފައިނަލުން ޖާގަ ލިބޭނެ އެވެ.
އެއީ ލީގު ބުރުގެ އެންމެ ކުރީގައިވާ ދެ ޓީމު ކުޅޭ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުން ފުރުސަތުދޭން ނިންމާފައިވާތ އެވެ.