ބޭރު ކުޅިވަރު

ޔުކްރޭނާއި ސްވިޑްން ކޮލިފައިވުމާ ގާތަށް

އަންނަ އަހަރު ފްރާންސްގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމާ ގާތަށް ސްވިޑްން އާއި ޔުކްރޭން ޖެހިލައިފި އެވެ.

ޕްލޭއޯފްގައި ރޭ ސްވިޑްން މޮޅުވީ ޑެންމާކާ ވާދަކޮށް 2-1އިންނެވެ. އަމިއްލަ ދަނޑުގައި ސްވިޑްން ކުޅުނު މެޗުގައި އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 45 ވަނަ މިނިޓްގައި އެމިލް ފޯވަސްބާގެވެ. އޭގެ 10 މިނިޓް ފަހުން ދިހަ މިނިޓް ފަހުން ކެޕްޓަން ޒްލަޓާން އިބްރަހިމޮވިޗެވެ. އޭނާ މި ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ.

ޕްލޭއޯފް ގައި ރޭ ޔުކްރޭން މޮޅުވީ ސްލޮވީނިއާ އަތުން 2-0އިންނެވެ. ލަނޑު ޖެހީ ޔެވެހެން އެވެ. މި މުބާރާތުގެ ޕްލޭއޯފްގައި އިއްޔެރެ އަޔަލޭންޑާއި ބޮސްނިއާ ކުޅުނު މެޗު ނިމުނީ 1-1އިން އެއްވަރުވެގެންނެވެ. އަދި ނޯވޭ އާއި ހަންގޭރީ ކުޅުނު މެޗު 1-0އިން ކާމިޔާބު ކުރީ ހަންގޭރީއާ އެވެ.