ޔުނެސެފުން ކުޑަކުދިންނަށް ފަންޑް ހޯދަން ކުޅުނު އެކުވެރިކަމުގެ ޗެރިޓީ މެޗުގައި ޑެވިޑް ބެކަމްގެ ދޮށީ ދަރިފުޅު ވެސް ކުޅުނު އޭނާގެ ޓީމު ރޭ ކާމިޔާބުކޮށްފި އެވެ.
މި މެޗު ބެކަމް ޓީމު ކާމިޔާބު ކާމިޔާބު ކުރީ ޒައިނުއްދީން ޒިދާންގެ ޓީމާ ވާދަކޮށް 3-1އިންނެވެ. ނަމަވެސް ފްރާންސްގައި ދިން ބޮމުގެ ހަމަލާގެ ތަކުގެ ހިތާމައިގައި ޒައިނުއްދީން ޒިދާން މި މެޗުގައި ނުކުޅެ އެވެ. އޭނަގެ ފަރާތުން މެޗުގައި ކެޕްޓަން ކުރީ ޕޯޗުގަލްގެ ކުރީގެ ކެޕްޓަން ލުއިސް ފީގޯ އެވެ.
ޗެލްސީގެ ކެޕްޓަން ޖޯން ޓެރީ އާއި މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ތަރިން ކަމަށްވާ ނިކީ ބަޓާއި ރަޔަން ގިގްސް އަދި ޕޯލްސްކޯލްސް އާއި މައިކަލް އޮވެން އާއި ލިވަޕޫލްގެ ޖެމައިން ކަރެގާ ފަދަ ކުޅުންތެރިން ކުޅުނު ބެކަމްގެ ޓީމަށް ލަނޑު ޖަހައިދިދިނީ ސްކޯލްސް އާއި އޮވެން އެވެ. ފަހު ދެ ލަނޑު ޖެހީ އޮވެން އެވެ.
ޒިދާން ހޮވާލާފައިވާ ދުނިޔޭގެ ތަރިން ޓީމަށް ލަނޑު ޖަހައިދިނީ މެންޗެސްޓާގެ ކުރީގެ ފޯވަޑް ޑުވައިޑް ޔޯކެވެ. މި މެޗުގައި ނިކީ ބަޓަށް އަނިޔާގެ ބާލަން ޖެހުނީ އަށިގަނޑުގަ އެވެ. އެޑްވިން ވެންޑަސާ އާއި ރޮނާލްޑީނިއޯ އާއި ކަފޫ އާއި ފީގޯ އަދި ސީޑޯފް އާއި ރޮބްޓް ޕިރޭޒް އަދި ޕެޓްރިކް ކްލައިވެޓް ފަދަ ކުރީގެ ތަރިން މި މެޗުގައި ކުޅުނެވެ.
އިޓަލީގެ ކުރީގެ މަޝްހޫރު ރެފްރީ ޕިއަރް ލުއިޖީ ކޮލީނާ ރެފްރީކަން ކުރި މެޗަށް ބެކަމް އޭނާގެ ދަރިފުޅު ނެރުނު ނަމަވެސް މެޗަށް ފަހު ބުނީ ފުޓްބޯޅަ ކުޅުންތެރިއަކަށްވުމަށްވުރެ ބޮޑަށް ދަރިފުޅު ބޭނުންވަނީ ފޮޓޯގްރާފަރަކަށްވާން ކަމަށެވެ.