ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ސެލޫންތަކުން ހުއްދައަށް އެދެން ހުޅުވާލައިފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމަށް މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމަށް ނިންމާފައިވާއިރު މާލެ ސަރަހައްދުގައި ހިދުމަތް ދެމުންދާ ބޯކޮށާ ތަންތަނާއި ސެލޫންތައް އެޕޮއިންޓްމަންޓު އުސޫލުން ހިދުމަތްދޭ ގޮތަށް ހުޅުވައިގެން ހިދުމަތް ދިނުމުގެ ފުރުސަތަށް އެދެން ހުޅުވާލައިފި އެވެ.

އެޗްޕީއޭއިން ބުނީ އެޕޮއިންޓްމަންޓު އުސޫލުން ހިދުމަތް ދިނުމަށް ބޭނުންވާ ބޯކޮށާތަންތަނާއި ސެލޫންތަކުން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިދުމަތް ދިނުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލެއް ތައްޔާރު [email protected] މެއިލް ކުރުމަށެވެ.

އުސޫލު ތައްޔާރުކުރާއިރު ތަނުގައި މަސައްކަތްކުރުމަށް ކަނޑައަޅާފައިވާ ގަޑިތަކާއި ކޮވިޑް-19 އިން ރައްކާތެރިވުމަށް ކަނޑައެޅިފައިވާ ގައިޑްލައިންތަކާ އެއްގޮތްވާގޮތުގެ މަތިން ދުވާލެއްގެ މައްޗަށް ހިދުމަތް ދެވޭ މީހުންގެ އަދަދާއި އެޕޮއިންޓްމަންޓު ހެދުމަށް ކަނޑައަޅާ ގޮތުގެ މައުލޫމާތާ ހިމަނަން ޖެހެއެވެ.

ހިދުމަތް ފެށުމަށް އެދި ހުށަހެޅުމުން ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ އިންސްޕެކްޝަންތަކާ ބެހޭ ބައިން ތަންތަނުން ހުށަހަޅާފައިވާ އުސޫލު ރިވިއުކޮށް ތަން އިންސްޕެކްޓް ކުރާނެއެވެ. ހިދުމަތް ފަށަންވާނީ އިންސްޕެކްޝަންއަށް ފަހު ހިދުމަތް ފެށުމަށް ހުއްދަ ދިނުމުންނެވެ. އަދި ހުށަހަޅާ އުޞޫލު ރިވިއުކޮށް އިންސްޕެކްޝަން ހަދައި 48 ގަޑިއިރުތެރޭގައި ހުއްދަ ދިނުމުގެ ކަންތައްތައް ކުރިއަށް ގެންދާނެ އެވެ.