އުރީދޫ

އުރީދޫ ސުޕަނެޓް ކަލައިދޫއަށް

Jun 16, 2021

ސަތޭކަ އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ލ. ކަލައިދޫއަށް ތައާރަފްކޮށްފި އެވެ.

އުރީދޫ އިން ބުނީ ކަލައިދުއަށް ތައާރަފްކުރި މި ބޮޑޯޑްބޭންޑުން ބޮޑެތި އެލަވަންސްތައް ލިބޭނެ ކަމަށެވެ. އެންމެ ފުރަތަމަ މި ބްރޯޑްބޭންޑް ގަންނަ 20 ފަރާތަކަށް މައިކްރޮސޮފްޓް 360 ލައިސެންސް ލިބޭނެ އެވެ.

މީގެ އިތުރުން ޔޫއެފާ ޔޫރޯ 2020 އާއި ގުޅިގެން ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަންގެ ދަށުން މެޗުތައް ބަލާލުމަށް ސުޕަނެޓް 50އެމް އަދި 100އެމް ނަގާ ކަސްޓަމަރުންނަށް ސޮނީ ލިވް ޕްރީމިއަމް ކޮންޓެންޓަށް އެއް މަސް ދުވަހުގެ ސަބްސްކްރައިޕްޝަން މުޅިން ހިލޭ ލިބޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވި ގޮތުގައި ކޮވިޑް ޕެންޑްމިކްގެ މި ދަތި ވަގުތުގައި ވެސް އެކުންފުނިން ކަސްޓަމަރުންނަށް ރަގަޅު އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި މި ހިދުމަތް އިތުރަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އުރީދޫ އިން ދާދި ފަހުން ވަނީ ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑް ކޮށްފަ އެވެ. އެގޮތުން ސުޕަނެޓް ކަސްޓަމަރުންނަށް ފަސް ޕަސެންޓް އިތުރު ސްޕީޑާއެކު 68 ޕަސެންޓާއި ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެންދެ އެވެ.