ދުނިޔެ

އިޒްރޭލު ސިފައިން ފަލަސްތީން ޒުވާނެއްގެ ބޮލަށް ބަޑިޖަހައިފި

އިޒްރޭލު ސިފައިން އިރުމަތީ ގުދުސްގައި ހަތިޔާރާއެކު ހަރަކާތްތެރި ވަނީ
0%
0%
0%

އިރުމަތީ ގުދުސްގައި ޔަހޫދީން ގެދޮުރުވެރިކޮށް އާބާދު ކުރަން އިޒްރޭލުން ކުރާ މަސައްކަތްތަކާ ދެކޮޅު ހެދުމުގެ ގޮތުން ކޮންމެ ދުވަހުކު ވެސް ފަލަސްތީން ޒުވާނުން މަގުތަކަށް ނުކުމެވެ އެވެ. އޭގެ ތެރެއިން ގިނަ ޒުވާނުންނަށް ހިތާމަވެރި ހާދިސާތައް ތަޖުރިބާކުރަން ޖެހެ އެވެ.

މަންޒަރުދުށް މީހަކު ނޫސްތަކަށް ކިޔައިދިން ގޮތުން ފަލަސްތީން ޒުވާނަކަށް އިޒްރޭލު ސިފައި ބަޑިން ހަމަލާ ދިނީ މާ ބޮޑު ކަންތައްގަނޑެއް ހިންގައިގެނެއް ނޫނެވެ. އޭނާއަށް ލިބުނު ޒަހަމަތަކަށް ފަރުވާދޭން ހޮސްޕިޓަލަށް ގެންދިއައިރު ވެސް ސީރިއަސް ކަމަށް މަންޒަރުދުށް މީހުން ބުނެ އެވެ.

އިޒްރޭލު ސިފައިން ބުދަދުވަހު ފަލަސްތީން އަންހެނެއް ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލާފައި ވެސް ވެއެވެ. މިއީ މިދާކަށް ދުވަހު ޔަހޫދީ އަސްކަރީ ސިފައިން ގާޒާއަށް ދިން ހަމަލާތަކަށް ފަަހު މިސްރުން ދެއްކި ވާހަކަތަކެއްގެ ސަބަބުން މައިތިރިވެފައި ތިބުމަށް ފަހު އަލުން ދޭން ފެށި ހަމަލާތަކެކެވެ.

އިޒްރޭލުން ހޯމަ ދުވަހު ގާޒާއަށް ވެސް ވަނީ މިސައިލުން ހަމަލާދީފަ އެވެ. އިޒްރޭލު ސިފައިން ބުނީ ހާމާސްއިން އިޒްރޭލަށް ޖެއްސުންކުރުމުގެ ގޮތުން އަލިފާންޖަހައި އިޒްރޭލާ ދިމާއަށް ފުއްޕަހަން އަރުވާ ކަމަށެވެ.

އިޒްރޭލާ ފަލަސްތީން ސުލްހަވުމަށް ކަމަށް ބުނެ ހަމަލާތައް މެދުކަނޑާލާފައި އޮތް ނަމަވެސް ދޭތެރެ ދޭތެރެއިން އިޒްރޭލުން ހަމަލާދެ އެވެ. އަދި އިރުމަތީ ގުދުސްގައި ފަލަސްތީންގެ އާންމުންނަށް ޖެއްސުންކޮށް އިޒްރޭލު ފުލުހުންނާއި ސިފައިން ދަނީ ބައިގަނޑު ބައިގަނޑަށް ހަރަކާތްތެރިވެ ފޯރިމަރަމުންނެވެ.

އިޒްރޭލުގައި ބެންޖަމިން ނަތަންޔާހޫގެ ސަރުކާރު ވެއްޓި އާ ސަރުކާރެއް ނަފުތާލީ ބެނެޓް ވޮޑުވަޒީރުކަމުގައި އުފެއްދި ނަމަވެސް އިޒްރޭލުގެ އަނިޔާވެރި ކަމަށް ބަދަލެއް އަންނާނެ ކަމަކަށް ނުބެލެވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345