އެމްއެންޑީއެފް

އެސްޓީއޯގެ ތެޔޮ ބޯޓަކަށް ދިޔަވާތީ ސިފައިން ހަރަކާތްތެރިވަނީ

Jun 17, 2021

ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ ތެޔޮ ބޯޓަކަށް ދިޔަވާތީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިިފި އެވެ.

ސިފައިންގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އެސްޓީއޯގެ ތެޔޮ ބޯޓް "އެމްވީ އަލިހުރާ" އަށް ދިޔަވާ ކަމުގެ މައުލޫމާތު ލިބިގެން ސިފައިންގެ ކޯސްޓްގާޑްގެ ސްކޮޑްރަންގެ ޑައިވަރުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. މި ހާދިސާގެ ރިޕޯޓް ސިފައިންގެއަށް ލިބިފައިވަނީ 5:10 ގައެވެ.

އާޒިމް ވިދާޅުވީ ބޯޓަށް ދިޔަވުން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އަދި ލިބިފައިވާ ގެއްލުން ސިފައިން މިހާރު ބަލަމުންދާ ކަމަށެވެ.

މި ބޯޓްގައި 4322.735 ކިލޯ ލީޓަރުގެ ޑީސަލް އާއި 456.514 ކިލޯ ލީޓަރުގެ ޕެޓްރޯލް ހުއްޓެވެ. ބޯޓްގައި 17 ދިވެހިން ތިބި ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.