ޓެލެކޮމް ދާއިރާއިން ކޮންމެ އަހަރަކުވެސް އެންމެ ފެންވަރު ރަނގަޅު މުއާސަލާތީ ވަސީލަތް ހިދުމަތްދޭ ކުންފުނި ތަކަށް ދޭ "ކޮމްސްއެމްއީއޭ އެވޯޑު" ގެ ހަތަރު އެވޯޑެއް އޫރިދޫ އިން ހޯދައިފި އެވެ.
މިދިޔަ ހަފްތާގައި ދުބާއީގައި ބޭއްވި ކޮމްސްއެމްއީއޭ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި އުރީދު ގްރޫޕިން ވަނީ މުޅި އަހަރު ތެރޭގައި ހުރިހާ ގޮތަކުން އެންމެ ރަނގަޅު އޮޕަރޭޓަރުގެ އެވޯޑާއި، ނެޓްވޯކް އޮޕްޓިމައިޒޭޝަން އެވޯޑު ހޯދާފައެވެ. މީގެ އިތުރުން އިތުރުން އެންމެ ރަނގަޅު ސާވިސް ޕްރޮވައިޑަރެއްގެ އެވޯޑު އަދި މެދުއިރުމަތީ ގައުމުތަކު ތެރެއިން އެންމެ ރަނގަޅު މޮބައިލް އޮޕަރޭޓަރ ކަމުގެ އެވޯޑު ވެސް އޫރިދޫ ގަތަރުން ވަނީ ހާސިލް ކޮށްފަ އެވެ.
އޫރިދޫގެ ސީއީއޯ ޝެއިހް ސައުދު ބިން ނަސީރް އަލް ތާނީ ވިދާޅުވީ އޫރިދޫގެ އަމާޒަކީ އެކުންފުނިން ހިދުމަތްދޭ ކޮންމެ ހިސާބެއްގެ ވެސް އެންމެ ރަނގަޅަށް ހިދުމަތްދޭ ބައެއް ކަމުގައި ވުން ކަމަށާއި އަދި އެކަން ހާސިލް ކުރުމަށް އޫރިދޫ ގްރޫޕްގެ ހުރިހާ މުވައްޒިފުން ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކަމަށެވެ. އަދި އޫރިދޫގެ ހުރިހާ ކަސްޓަމަރުންގެ ޑިޖިޓަލް ލައިފްގެ ފެންވަރު ރަނގަޅު ކުރުމަށް އޫރިދޫ އިން މަސައްކަތް ކުރާ ކަމަށް ނަސީރް ވިދާޅުވި އެވެ.
ކޮމްސްއެމްއީއޭ އެވޯޑުގައި ޖުމްލަ 14 ކެޓަގަރީއަކުން އެވޯޑް ދިން އިރު، އުރީދު އަށް ލިބުނު އެވޯޑްތަކަށް 12 ފަރާތަކުން ވަނީ ނޮމިނޭޓްވެފަ އެވެ.