ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

އަހުލު ޕްރޮގްރާމަށް ލައްކައަށް ވުރެ ބޮޑު ހޭދައެއް

"އަހުލު" ޕްރޮގްރާމްގައި 199102.40 ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

އެސިސްޓެންޓު ޑިރެކްޓަރު ފަޒްލާ އަހުމަދު ޝަހީމް ވިދާޅުވީ އެ މިނިސްޓްރީގެ ހިންގާ "އަހުލު" ޕްރޮގްރާމްގެ ދަށުން 17 އާއިލާއަކަށް އެހީ ފޯރު ކޮށްދޭން މަސައްކަތް ކުރާ ކަމަށާއި އެގޮތުމް މިހާތަނަށް 199102.40 އާއިލާތަކަށް ހަރަދު ކޮށްފައި ވާނެ ކަމަށެވެ.

ފަޒްލާ ވިދާޅުވީ 13 އާއިލާއެއް ރަށުގައި އާބާދުވާން ތިން މަސް ދުވަހުގެ އެލަވެން ސް ދީފައިވާ ކަމަށާއި ހަތަރު އާއިލާއަކަށް 20،000ރ. ގެ ލޯނު ވަނީ ހަމަޖައްސައިދީފައި ކަމަށެވެ. އަދި ހަތް އާއިލާއެއް ރަށަށް ބަދަލުވުމަށް ބޭނުންވާ އެއީތެރިކަން ފޯރުކޮށްދީފައިވާނޭ ކަމަށް ވެސް ފަޒްލާ ވިދާޅުވި އެވެ.

ޖެންޑާއިން އެހީތެރިކަން ފޯރުކޮށް ދޭން ނިންމި 17 އާއިލާގެ ތެރެއިން އާއިލާއަކަށް ރަށަށް ބަދަލުވުމަށް އެހީތެރިކަން މި މަހުގެ ތެރޭގައި ފޯރުކޮށްދޭނެ ކަމަށް ވެސް ފަޒްލާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެހީ ފޯރުކޮށްދޭން ނިންމާފައިވާ އައިލާތަކުގެ ތެރެއިން ނުވަ އާއިލާއެއް އެ ޕްރޮގްރާމް ފެށުމުގެ ކުރިން ރަށަށް ބަދަލުވެފައިވާ ކަމަށެވެ.

"އަހުލު" ޕްރޮގްރާމުގެ ދަށުން އެހީތެރިކަމަށް އެދި ހުށަހަޅާ އާއިލާތައް ރަށަށް ބަދަލުވެވޭނެ އިންތިޒާމް ހަމަޖައްސަން ހަރަދުތައް ދޭން ޖެންޑާ މިނިސްޓްރީން ވަނީ ހަމަޖައްސާފަ އެވެ. އެގޮތުން ކޮވިޑް-19 އިގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ބަދަލުވެ، ރަށަށް ދިރިއުޅުން ބަދަލު ކުރަން ބޭނުންވާ މީހުންނަށް ސަރުކާރުން 3000ރ. އެލަވަންސެެއް ފޯރުކޮށްދޭން ވެސް ވަނީ ނިންމާފަ އެވެ.