އެމްއެންޑީއެފް

މާލޭގެ ގުދަނަކުން ހަރުފައެއް ހިފައިފި

Jun 20, 2021
2

މާލޭގެ ގުދަނެއްގެ ތެރެއިން ފެނުނު ހަރުފައެއް ސިފައިން ގެންގޮސްފި އެވެ.

މާފަންނުގައި ހުރި ގުދަނެއްގެ ތެރެއިން ހަރުފައެއް ފެނި ފުލުހުންނަށް ރިޕޯޓް ކުރުމުން ހަރުފަ ހިފާފައި ވަނީ ސިފައިންގެ ޓީމަކުން އެ ގުދަނަށް ގޮސްގެންނެވެ. ގުދަނުން ފެނިފައި ވަނީ ބާމީސް ޕައިތަން ކިޔާ އާއިލާގެ ހަރުފަ އެކެވެ. ބާމީސް ހަރުފަ އަކީ އާންމު ގޮތެއްގައި 16 ފޫޓާއި 20 ފޫޓަށް ބޮޑުވާ ވިހަގަދަ ހަރުފަ އެކެވެ.

ހަރުފަ އަކީ ރާއްޖޭގައި އުޅޭ އެއްޗަކަށް ނުވާއިރު އެ ހަރުފަ ރާއްޖެ އެތެރެވެ އެ ގުދަނަށް ވަދެފައިވާ ގޮތެއް އަދި އެނގިފައެއް ނުވެ އެވެ. ކަމާ ގުޅޭ އިދާރާ އަކުން ވެސް އެކަމުގައި އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.

ޕެޓްގެ ގޮތުގައި ގެންގުޅުމަށް ބައެއް މީހުން ރާއްޖެ އިން ބޭރުން ބައެއް ކަހަލަ ޖަނަވާރުތައް ގެންނައިރު ހަރުފައަކީ ގެނައުން މަނާ އެއްޗެކެވެ.