ހުޅުމާލޭ ޔޫތު ސިޓީ

ހިޔާގެ ކޮމާޝަލް ޔުނިޓްތައް ދޫކުރަން ހުޅުވާލައިފި

ހުޅުމާލޭ ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން އަސާސީ ހިދުމަތްތައް ގާއިމު ކުރަން ކަނޑައެޅި ކޮމާޝަލް ޔުނިޓްތައް ކުއްޔަށް ނަގަން ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަން އެޗްޑީސީން ހުޅުވާލައިފި އެވެ

ހިޔާ މަޝްރޫއުގެ 16 ޓަވަރުގެ އެންމެ ތިރީ ފަންގިފިލާ ހާއްސަކޮށްފައި ވަނީ ކޮމޭޝަލް ގިނަ ހިދުމަތްތަކަށެވެ. އެއީ ފިހާރަތަކާއި، ކްލިނިކްތަކާއި، ފާމަސީ އާއި ބުކް ޝޮޕް އަދި ޑޭކެއާ ސެންޓަރުތަކުގެ އިތުރުން ބޯކޮށާ ތަންތަނާއި ސެލޫންތަކަށެވެ.

އެޗްޑީސީން ބުނި ގޮތުގައި ފިހާރަތަކާއި ސެލޫންއާއި ބުކް ޝޮޕް އަދި ޑޭކެއާ ފަދަ ތަންތަނަށް ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުުރުމުގައި ބިޒްނަސް ޕްލޭނާއި ލީސް ކުރަން ހުށަހަޅާ ރޭޓަށް ބަލާނެ އެވެ. ނަަމަވެސް ފާމަސީތަކާއި ބޯކޮށާ ތަންތަނުގެ ޕްރޮޕޯސަލް އިވެލުއޭޓް ކުރުމުގައި ހަމައެކަނި ބަލާނީ ލީސް ކުރަން ހުށަހަޅާ ރޭޓަށެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަަކަށް ވެސް އިސްކަން ދޭނެ އެވެ. އެގޮތުން ކޮމާޝަލް އޭރިއާތަކުން ކުއްޔަށް ދޭ އިރު އެފަދަ ވިޔަފާރިތަކަށް ޑިސްކައުންޓް ދޭން ވަނީ ނިންމާފަ އެވެ. ފުރަތަމަ ދެ އަހަރު އަކަ ފޫޓަކަށް 10 ރުފިޔާއަށް އަދި ދެވަނައާއި ތިންވަަނަ އަހަރު އަކަފޫޓަކަށް 20 ރުފިޔާއަށް ކުއްޔަށް ދޭން ނިންމާފައި ވެ އެވެ. އެނޫން ވިޔަފާރިތަަކަށް ފުރަތަމަ ދެ އަހަރު އަކަ ފޫޓަކަށް 15 ރުފިޔާއަށް އަދި ދެވަނަ އާއި ތިންވަަނަ އަހަރު މަދުވެގެން އަކަފޫޓަކަށް 30 ރުފިޔާ ނަގާނެ އެވެ

ކްލިނިކްތަކަށް ފުރަތަމަ ދެ އަހަރު އަކަ ފޫޓަކަށް 15 ރުފިޔާ، ދެވަނައާއި ތިންވަަނަ އަހަރު އަކަފޫޓަކަށް 15 ރުފިޔާ އެވެ.