ޓޫރިޒަމް

އެންމެ ރީތި ބީޗު ހޮވަން ރާއްޖެއާއި ސީޝެލް ގަދަ ހިފުމަކަށް

Jun 21, 2021

ދުނިޔޭގެ އެންމެ ހިތްގައިމު / ރީތި ބީޗުތައް ހުރި މަންޒިލް ހޮވަން ނަގާ ވޯޓެއްގައި ރާއްޖެ އާއި ސީސެލްސް ގަދަ ހިފުމެއްގައި ވާދަ ކުރަން ޖެހިއްޖެ އެވެ.

ކިވީސްޑޮޓްކޮމް އިން އިންތިޒާމު ކޮށްގެން ހޮވާ ވޯލްޑް ޗެމްޕިއަންޝިޕް އޮފް ބީޗް ގައި ރާއްޖޭން ސީޝެލްއާ ވާދަ ކުރަން ވޯޓަކަށް ގޮސްފައި ވަނީ ގިނަ ގައުމު ތަކެއް ބޮޑު ތަނުން ބަލިކޮށްފަ އެވެ. ރާއްޖޭން ވަނީ ދުނިޔޭގެ މަޝްހޫރު ބީޗްހުރި ގައުމުތައް ކަމަށްވާ ގްރީސް އާއި ޕޯޗުގަލް ބަލި ކޮށްފަ އެވެ.

ވޯލްޑް ޗެމްޕިއަންޝިޕް އޮފް ބީޗްގައި ރާއްޖޭގެ ފަރާތުން ވާދަ ކުރަނީ ވެލިގަނޑު އައިލެންޑް ރިސޯޓް އެންޑް ސްޕާ އެވެ. އެ ރިސޯޓުން ވަނީ ދިވެހިންގެ ވޯޓު ބޭނުން ވާތީ ރާއްޖެއަށް ވޯޓު ދޭން އެދިފަ އެވެ. ވޯޓު ދިނުމުގެ ފުރުސަތު ލިބޭނީ މިރޭގެ ނިޔަލަށެވެ. މި ވޯޓުގައި ސީޝެލްސް ތަމްސީލް ކުރަނީ އަންސާ ކޮކޯ ރިސޯޓެވެ.

އެ ރިސޯޓުން ވަނީ ދިވެހިންގެ ވޯޓު ބޭނުންވާތީ ރާއްޖެއަށް ވޯޓު ދޭން އެދިފަ އެވެ. ވޯޓު ދިނުމުގެ ފުރުސަތު ލިބޭނީ މިރޭގެ ނިޔަލަށެވެ. ވޯލްޑް ޗެމްޕިއަންޝިޕް އޮފް ބީޗު ހޮވަން އޮންލައިކޮށް ކުރިއަށްދާ ވޯޓުގައި މި ލިންކް އިން ވޯޓު ދެވޭނެ އެވެ.

ރާއްޖެއަކީ ދުނިޔޭގެ އެންމެ ހިތްގައިމު ބީޗު އޮންނަ ގައުމެވެ. އެގޮތުން ރާއްޖެއަށް މީގެ ކުރީގައި މިފަދަ ގިނަ އެވޯޑު ތަކެއް ލިބިފައިވެ އެވެ.